މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,464 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1076 ވަނަ ޞަފްޙާ

ޗެލްސީއާއި ލިވަޕޫލް އެއްވަރުވެ ދެ ޓީމަށް ވެސް ނުތަނަވަސްކަން

ޗެލްސީއާއި ލިވަޕޫލް އެއްވަރުވެ ދެ ޓީމަށް ވެސް ނުތަނަވަސްކަން

އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގެ ގަދަ ހަތަރެއްގައި ސީޒަން ނިންމައި އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ޗެލްސީއާއި ލިވަޕޫލް ރޭ ބައްދަލުކުރި މެޗު އެއްވަރުވެ ދެ ޓީމަށް ވެސް ނުތަނަވަސް ކަމާއި ކުރިމަތިލާން ޖެހިއްޖެއެވެ. ރޭ ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މި މެޗު ނިމިފައި ވަނީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި ދެ ޓީމް އެންމެ ފަހުން ބައްދަލުކުރި ހަތަރު މެޗު […]

އިބްރާހިމް ޚަލީލް
ގެއްލުނު ފަތުރުވެރިޔާ ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި

ގެއްލުނު ފަތުރުވެރިޔާ ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި

ގެއްލިގެން ހޯދަމުންދާ ޗައިނާ ފަތުރުވެރިޔާ ހޯދުމަށް ސިފައިން ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން ބޮޑު ސަރަހައްދެއް ބަލައިފިއެވެ. އެ ފަތުރުވެރިޔާ ގެއްލުނީ މި މަހުގެ 3 ވަނަ ދުވަހުއެވެ. އެއީ ކ. އަމީންގިރިރިސޯޓުގެ ހުޅަނގުދެކުނު ފަރާތަށް ސްނޯކްލިން އަށް ދިޔަކަމަށްބެލެވޭ ފަތުރުވެރިއެއްކަމަށް އެ ދުވަހު އެމްއެންޑީއެފުން  ވަނީ ވިދާޅުވެފައެވެ. އެމްއެންޑީއެފުން ރޭ ވިދާޅުވީ، އެމީހާ ހޯދުމަށް އެ އިދާރާގެ ކޯސްޓްގާޑުން ކުރިއަަށްގެންދާ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި އިއްޔެ ވެސް ބޮޑު ސަރަހައްދެއް ބަލާފައިވާ ކަ...

ޔުމްނާ ޢަލީ
ރޮނާލްޑޯއާއި ޓަލިސްކާގެ ލަނޑުތަކުން ނަސްރަށް ފަސޭހަ މޮޅެއް

ރޮނާލްޑޯއާއި ޓަލިސްކާގެ ލަނޑުތަކުން ނަސްރަށް ފަސޭހަ މޮޅެއް

ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ އަލް އަދްލާ ކުލަބާއި އަލް ނަސްރު ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ނަސްރުން ކާމިޔާބު ކޮށްފިއެވެ. ރަށުން ބޭރުގައި ކުޅުނު މި މެޗު ނަސްރުން ކާމިޔާބު ކޮށްފައި ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. ރޭގެ މެޗުގައި ރޮނާލްޑޯ ވަނީ ދެ ލަނޑު ޖަހާފައެވެ. ރޮނާލްޑޯގެ އިތުރުން އެ ޓީމަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރ ޓަލިސްކާ ވެސް ވަނީ ދެ ލަނޑު ޖަހާފައެވެ. މެޗުގައި ނަސްރުން ކާމިޔާބުކުރި ފުރަތަމަ ލަނޑު […]

އިބްރާހިމް ޚަލީލް
ވިލިމާލޭގައި ބަގީގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ވިލިމާލޭގައި ބަގީގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ވިލިމާލޭގައި ބަގީގެ ޚިދުމަތް ރަސްމީކޮށް އިއްޔެ ފަށައިފިއެވެ. މިކަމަށްޓަކައި ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޚިދުމަތް ފައްޓަވާދެއްވީ މާލެސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު އެވެ. މާލޭ ސިޓީކައުންސިލުން ވިދާޅުވިގޮތުގައި މި ރަމަޟާން މަސް ނިމެންދެން ޕްރައިވެޓް ހަޔާ ފިޔަވައި، އެ ކައުންސިލުން ވިލިމާލޭގައި ބަގީގެ ޚިދުމަތް ދޭނީ ހިލޭއެވެ. ވިލިމާލޭގައި ކުރާ ބަގީ ދަތުރުތަކަށް ނަގަން ކައުންސލުން ނިންމާފައިވަނީ 2 ރުފިޔާ އެވެ. ނަމަވެސް ބަގީ، ޕްރައިވެޓް ހަޔާގެ ގޮތުގައި ނަގާ ނަމަ އަގު ތަފާތު […]

ޔުމްނާ ޢަލީ
ޓުޗެލް އިރުޝާދުދިން ދެވަނަ މެޗުން ބަލިވެ ބަޔާން ކަޓައިފި

ޓުޗެލް އިރުޝާދުދިން ދެވަނަ މެޗުން ބަލިވެ ބަޔާން ކަޓައިފި

ޖަރުމަނު ލީގުގެ ކުއާޓާ ފައިނަލުގައި ރޭ ބަޔާން މިއުނިކާއި ފްރެއިބާގް ބައްދަލުކުރި މެޗުން ބަލިވެ ބަޔާން މުބާރާތުން ކަޓައިފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބަޔާން ބަލިވެފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މިއީ ބަޔާންގެ ކޯޗްގެ މަގާމުގައި ހުރި ނާގަލްސްމަން އެ މަގާމުން ދުރުކޮށް ދާދިފަހުން ބަޔާންގެ ކޯޗްކަމާއި ހަވާލުވި ތޯމަސް ޓުޗެލް އެ ޓީމަށް އިރުޝާދުދިން ދެވަނަ މެޗެވެ. ޓުޗެލްގެ ކޯޗުކަމުގައި ބަޔާން ފުރަތަމަ މެޗަކީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ލީގުގައި ޑޯޓްމަންޑާއި […]

އިބްރާހިމް ޚަލީލް
މިއަދު ފެންނަނީ ރާއްޖެ ވަކި ޤައުމެއްގެ "އުނގަށް" ވެއްޓިފައިވާ ތަން: ނާޒިމް

މިއަދު ފެންނަނީ ރާއްޖެ ވަކި ޤައުމެއްގެ "އުނގަށް" ވެއްޓިފައިވާ ތަން: ނާޒިމް

މިއަދު ފެންނަނީ ރާއްޖެ ވަކި ޤައުމެއްގެ “އުނގަށް” ވެއްޓިފައިވާ ތަން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ)ގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ، އެމްއެންޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ “ނުއިވޭ އަޑުތައް” ސިލްސިލާގެ ދެ ވަނަ އެޕިސޯޑްގައި މިރޭ ވާހަކަދައްކަވަމުންނެވެ. ނާޒިމް މިރޭ ދެއްކެވި ވާހަކާގައި ވަނީ ދިވެހި ރާއްޖޭގެ ހިންގުމުގެ ޙާލަތު މި ވަގުތު މި އޮތީ ރަނގަޅުގޮތަކަށް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި […]

ޔުމްނާ ޢަލީ
ބައިނަލްއަގްވާމީ ޕްރިމިއަމް ކޮލެޓީ ބްރޭންޑް "ޑީ އެންޑް ޕީ" ސެެންޓް ފިހާރައެއް މާލޭގައި ހުޅުވައިފި

ބައިނަލްއަގްވާމީ ޕްރިމިއަމް ކޮލެޓީ ބްރޭންޑް "ޑީ އެންޑް ޕީ" ސެެންޓް ފިހާރައެއް މާލޭގައި ހުޅުވައިފި

އިންޓަނޭޝަނަލް ޕްރިމިއަމް ކޮލެޓީ ބްރޭންޑްގެ “ޑީ އެންޑް ޕީ ޕާފިއުމަމް” ފިހާރައެއް މާލޭގައި ހުޅުވައިފިއެވެ. މާލޭގެ ރަށްދެބައިމަގުގެ ޗަމްޕާ ސެންޓްރަލް ހޮޓެލް ކައިރީގައި ހުންނަ މި އައުޓްލެޓް ހުޅުވާ ދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ. މިހާރައަށް ޒިޔާރަތްކޮށްލައިގެން މި ބްރޭންޑްގެ ސެންޓްގެ ވައްތަރުތައް ބައްލަވައިގަތުމުގެ އިތުރުން މި ފިހާރައިގެ ވެބްސައިޓުން އޯޑަރު ކުރައްވައިގެން އޮންލައިންކޮށް ވެސް ވިޔަފާރި ކުރެއްވޭނެއެވެ. އަދި މި ފިހާރައިގެ ވެބްސައިޓުން ވެސް ޑީ އެންޑް ޕީ ސެންޓްގެ ހުރިހ...

ޔުމްނާ ޢަލީ
އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް ހައްޔަރުކޮށްފި

އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް ހައްޔަރުކޮށްފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހައްޔަރުކޮށްފިއެވެ. ބައިނަލްއަގްވާމީ މީޑިއާގައި ބުނެފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ނިއު ޔޯކު ކޯޓަށް ވަޑައިގަތުމުންނެވެ. މިއީ އެމެރިކާގައި ރައީސްކަން ކުރެއްވި ބޭފުޅެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރި ފުރަތަމަ ފަހަރުކަމަށް ބައިނަލްއަގްވާމީ ރިޕޯޓުތައް ބުނެއެވެ. ޓްރަމްޕްގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ބަރަހަނާ ފިލްމުކުޅޭ އަންހެނެއް ކަމަށްވާ ސްޓޯމީ ޑެނިއަލްސްއާ އެކު ހިންގި ބަދުއަޚުލާގީ ގުޅުންތަކ...

އަލީ އާދިލް
ރިޔާސީ އިންތިޚާބުގައި ވާދަކުރަން ހުޅުވާލާ މުއްދަތު އިތުރުކުރާ އިސްލާހު ބަލައިގެންފި

ރިޔާސީ އިންތިޚާބުގައި ވާދަކުރަން ހުޅުވާލާ މުއްދަތު އިތުރުކުރާ އިސްލާހު ބަލައިގެންފި

ރިޔާސީ އިންތިޚާބުގައި ވާދަކުރަން ހުޅުވާލާ މުއްދަތު 14 ދުވަހަށް ބަދަލުކުރާ އިސްލާހު ބަލައިގަނެފިއެވެ. މި އިސްލާހު ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް އެވެ. އޭނާ ހުށަހެޅުއްވި އިސްލާހުގައި ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ބޭފުޅުންނަށް އިންތިޚާބުގައި ވާދަކުރުމަށް ކުރިން ދީފައި އޮތް 10 ދުވަހުގެ މުއްދަތު 14 ދުވަހަށް އިތުރުކުރުމަށެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި އިސްލާހު މަޖިލީހަށް ބަލައިގަނެފައިވަނީ ވޯޓު ދެއްވި 52 މެންބަރުންގެ އިއްތިފާގުންނެވެ. މިހާރު...

މުޙައްމަދު އަފްރާޙް
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކޯލިޝަނެއްގައި ބައިވެރި ނުވުމަށް އެމްއެންޕީން ނިންމައިފި

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކޯލިޝަނެއްގައި ބައިވެރި ނުވުމަށް އެމްއެންޕީން ނިންމައިފި

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކޯލިޝަނެއްގައި ބައިވެރި ނުވުމަށް އެމްއެންޕީ އިން ނިންމައިފިއެވެ. އެ ޕާޓީން މިގޮތަށް ނިންމީ ޖުމްހޫރީ ޕާޓީ އިސްވެއޮވެ މަސައްކަތްކުރާ ގޮތަށް، އެޕާޓީން ސިޔާސީ ޕާޓީތަކަށް ފޮނުއްވި ދައުވަތާއި ގުޅޭގޮތުން އެ ޕާޓީގެ އެގްޒެކެޓިވް ކޮމިޓީގައި މަޝްވަރާ ކުރުމަށްފަހުއެވެ. މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެގޮތަށް ނިންމީ، ޖޭޕީގެ ހުށަހެޅުން އެމްއެންޕީ އަށް 3 އޭޕްރީލް ގައި ލިބުމުން، އެ ދައުވަތު ރަގަޅަށް ކިރާ ވަޒަންކުރުމަށްފަހު ކަމަށެވެ. ޖުމްހޫރީ […]

މުޙައްމަދު އަފްރާޙް
ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރުމަށް ތިން ބޭފުޅަކަށް މަޖިލީހުގެ ރުހުންދީފި

ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރުމަށް ތިން ބޭފުޅަކަށް މަޖިލީހުގެ ރުހުންދީފި

ރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރުމަށް ތިން ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ. މަޖިލީހުން ރުހުން ދީފައިވަނީ ސީޝެލްސް، މޮރިޝަސް، ޤަތަރު، ސައުތު އެފްރިކާ އަދި ނިއުޒިލޭންޑަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢަލީ ފާއިޒް އަށާއި ކެނެޑާއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް، އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަނަވާ ސަފީރު ޢަބްދުލްޣަފޫރު މުޙައްމަދު އެވެ. މީގެ އިތުރުން އިތިއޯޕިއާ އަދި ކެންޔާއަށް...

މުޙައްމަދު އަފްރާޙް
"ވާނުވާ" ބަންދު ޤާނޫނާ އެއްގޮތަށް މުރާޖައާ ނުކުރާ މައްސަލަ އެމްއެންޕީން އެޗްއާރުސީއެމަށް

"ވާނުވާ" ބަންދު ޤާނޫނާ އެއްގޮތަށް މުރާޖައާ ނުކުރާ މައްސަލަ އެމްއެންޕީން އެޗްއާރުސީއެމަށް

ޝަރީޢަތް ނިމެންދެން ބަންދުކުރެވޭ މީހުން ގެ ބަންދުގެ މުއްދަތު ޖިނާއީ އިޖުރާއަތުގެ ޤާނޫނާ އެއްގޮތަށް ދައުލަތުން މުރާޖަޢާ ނުކުރާ މައްސަލަ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމް.އެން.ޕީ.) އިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗް.އާރު.ސީ.އެމް.) އަށް ހުށަހަޅައިފިއެވެ. އެ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި އެމައްސަލަ އެޗްއާރުސީއެމަށް ހުށަހެޅި ސަބަބެއް ކަމަށް ބުނެފައިވަނީ ޝަރީޢަތް ނިމެންދެން ބަންދުކުރެވޭ މީހުން ގެ ބަންދުގެ މުއްދަތު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގައި ބުނާ […]

މުޙައްމަދު އަފްރާޙް
އެސްޓީއޯގެ އެމްޑީގެ މަގާމަށް ސައީދު އައްޔަން ކޮށްފި

އެސްޓީއޯގެ އެމްޑީގެ މަގާމަށް ސައީދު އައްޔަން ކޮށްފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އަބްދުﷲ ސައީދު (ކޮށީގޭ ސައީދު) މިއަދު އައްޔަންކޮށްފި އެވެ. މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ސައީދު، އެސްޓީއޯގެ އެމްޑީގެ މަގާމަށް އައްޔަން ކުރެއްވީ މިއަދުއެވެ. އޭނާއަށް މަގާމުގެ ލިޔުން ހަވާލުކޮށްފައިވަނީ ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ސައީދު ވަނީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ކެބިނެޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވުމަށްފަހު، 2011 ވަނަ އަހ...

މުޙައްމަދު އަފްރާޙް
އެކައުންޓެންޓް ޖެނެރަލްގެ މަގާމަށް އާޒާދު އައްޔަން ކޮށްފި

އެކައުންޓެންޓް ޖެނެރަލްގެ މަގާމަށް އާޒާދު އައްޔަން ކޮށްފި

އެކައުންޓެންޓް ޖެނެރަލްގެ މަގާމު އުފައްދަވައި، އެ މަގާމަށް ބޭފުޅަކު އައްޔަން ކޮށްފިއެވެ. ދައުލަތުގެ މާލިއްޔަތު ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އުފައްދާފައިވާ މި މަގާމަށް އައްޔަން ކޮށްފައިވަނީ މުހައްމަދު އަޒާދު އެވެ. ދައުލަތުގެ މާލިއްޔަތު ގާނޫނުގެ 44 ވަނަ މާއްދާއަށް ގެނައި އިސްލާހާއެކު އެ މާއްދާގައި ވަނީ ދައުލަތުގެ ފައިސާއާއި ހިސާބުގެ އިތުރުން ހިސާބުގެ ލިޔެކިޔުންތަކުގެ ނިޒާމް ބެލެހައްޓުމަށާއި ހިންގުމަށް ފިނޭންސް މިނިސްޓްރީގައި އެކައުންޓަންޓް ޖެނެރަލް އެއް ހުންނަން ވާނެ ކަމަށެވެ. އިސްލާހު ގެނައު...

މުޙައްމަދު އަފްރާޙް
ގޯތި ފޯމުތައް އިވެލުއޭޓުކޮށް ނިންމައި، ރިޕޯޓު ކުރެވޭނީ މެއި-ޖޫން ގައި: އަސްލަމް

ގޯތި ފޯމުތައް އިވެލުއޭޓުކޮށް ނިންމައި، ރިޕޯޓު ކުރެވޭނީ މެއި-ޖޫން ގައި: އަސްލަމް

މާލެ ސަރަޙައްދުން ދޫކުރާ ގޯއްޗަށް އެދި ކުރިމަތިލާފައިވާ މީހުންގެ ފޯމްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރިއަަށްދާ ކަމަށާއި އެ މަސައްކަތް ނިންމައި، ރިޕޯޓް ކުރެވޭނީ މެއި ނުވަތަ ޖޫންގެ ކުރީކޮޅު ކަމަށް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މާލޭގެ މީހުންނަށް ދޫކުރާ ގޯއްޗާއި ބެހޭގޮތުން ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ކުރެއްވި، ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އަސްލަމް ވިދާޅުވީ އެ މަސައްކަތް ހިނގާ ގޮތް ކޮންމެ ދުވަހަކު ނުބަލާ ކަމަށާއި އެހެންނަ...

މުޙައްމަދު އަފްރާޙް
ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފް ބަލައިގެންފި

ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފް ބަލައިގެންފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުން ބަލައިގެންފި އެވެ. ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލުމާ އެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ. އެ މައްސަލަ އިސްތިއުނާފް ކުރަން ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވީ މައްސަލަ ބަލައިގަނެ ރަޖިސްޓްރީ ކޮށްފައިވާ މިއަދު ހައި ކޯޓުން […]

ހުސައިން ހަބީބް
ޖޭއެމްސީއާ ހަވާލުކޮށްގެން އަޅާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ދަނީ ރަނގަޅު ސްޕީޑްގައި: އަސްލަމް

ޖޭއެމްސީއާ ހަވާލުކޮށްގެން އަޅާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ދަނީ ރަނގަޅު ސްޕީޑްގައި: އަސްލަމް

އިންޑިއާގެ ޖޭއެމްސީއާ ހަވާލުކޮށްގެން ހުޅުމާލޭގައި އަޅާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ދަނީ ރަނގަޅު ސްޕީޑްގައި ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އަސްލަމް ވިދާޅުވީ އޭގެ ތެރެއިން ބައެއް ޔުނިޓްތަކުގެ ކޮންކްރީޓް މަސައްކަތް ނިމި، ފިނިޝިން މަސައްކަތްތައް ވެސް ފަށާފައިވާ ކަމަށެވެ. ހުޅުމާލޭގައި އަޅާ ހައުސިން އ...

މުޙައްމަދު އަފްރާޙް
ޕްރޮގްރެސިވް ކޯލިޝަނަކުން އެހެން ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނެ: އަދުރޭ

ޕްރޮގްރެސިވް ކޯލިޝަނަކުން އެހެން ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނެ: އަދުރޭ

ޕްރޮގްރެސިވް ކޯލިޝަނަކުން އެހެން އެއްވެސް ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނެ ކަމަށް އެ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވާދަކުރުމަށް ނިންމައި، އެ ޕާޓީއާއެކު ކޯލިޝަން ހެދުމަށް ދައުވަތު ދިނުމަށް ނިންމާފައިވާކަމަށް އަޑު ފެތުރުމާއި ގުޅިގެންނެވެ. ޖޭޕީގެ ލީޑަރ އަދި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ގާސިމް އިބްރާހިމް އާއެކު ކޯލިޝަން ހެދުމަށް ދައުވަތު ޕީޕީއެމް/ޕީއެ...

މުޙައްމަދު އަފްރާޙް