ރައީސް މުޢިއްޒުގެ ޚިދުމަތްތައް ފާހަގަކޮށް ޕާކިސްތާނުން އޮނަރަރީ ޑޮކްޓަރޭޓް އަރުވައިފި
އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއަބާދުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވައިފިއެވެ. އެމަނިކުފާނަށް އަރުވާފައިވަނީ ހޮނަރަރީ ޑިގްރީ އޮފް ޑޮކްޓަރ އޮފް ޕޮލިޓިކްސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސްގެ ޝަރަފެވެ. މި ޝަރަފު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒު ޝަރީފާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށް ފަހު، ދެ ޤައުމުގެ ވެރިން ގުޅިގެން މީޑިއާއަށް ދެއްވި ބަޔާނަށް ފަހުގައެވެ. މި ޝަރަފު އެރުވުމަށްޓަކައި ޚާއްޞަކ...