ށ.އަތޮޅު ހޮސްޕިޓަލުން ޑޮކްޓަރަށް ދެއްކުމަށް ނަންނޯޓުކުރާ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފި
ށ. އަތޮޅު ހޮސްޕިޓަލުން ޑޮކްޓަރަށް ދެއްކުމަށް ނަންނޯޓުކުރާ ނުވަތަ އެޕޮއިންޓްމަންޓް ހަދާ ގަޑިތަކަށް ބަދަލުތަކެއް ގެނެސް، އެކަން އާންމުކޮށް އަންގައި އިއުލާނުކޮށްފިއެވެ. އެ ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި، އަލަށް ގެނައި މި ބަދަލުތަކަށް ބުރާސްފަތި ދުވަހުން ފެށިގެން ވަނީ އަމަލުކުރަން ފަށާފައެވެ. އަލަށް ގެނެވުނު ބަދަލުތަކާ އެކު، ހަފުތާގެ ދުވަސްތަކުގެ ތެރެއިން ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ޑޮކްޓަރަށް ދެއްކުމަށް ނަންނޯޓު ކުރުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ މެންދުރުފަހު އެވެ...