ފޯޅަވަހި ސަރަހައްދަށް 5.0 މެގްނިޓިއުޑްގެ ބިންހެލުމެއް
ޗާގޯސް އާކިޕެލާގޯ (ފޯޅަވަހި) ސަރަހައްދަށް 5.0 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ބުނެފިއެވެ. ޗާގޯސް އާކިޕެލަގޯ ރީޖަން އަށް އައި ކަމަށް ރެކޯޑު ކުރެވުނު މި ބިންހެލުން އައީ ރާއްޖޭގެ އައްޑޫ ސިޓީ އާއި 833 ކިލޯ މީޓަރު ދުރުންނެވެ. ނަމަވެސް މި ބިންހެލުމުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މެޓުން ބުނެއެވެ. ބިންހެލުމުގެ މައުލޫމާތު ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ޗާގޯސް އާކިޕެލާގޯ (ފޯޅަވަހި) ސަރަޙައްދަށް މެދުމިނުގެ ބ...