Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,447 Stories
2,622 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ހުޅުމާލޭގައި ކާރެއް ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓެއް، ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި
Raajje

ހުޅުމާލޭގައި ކާރެއް ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓެއް، ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި

ހުޅުމާލޭގެ މަގެއްގައި ހުރި ހޮޅިދަނޑިއެއްގައި ކާރެއް ޖެހި ހިނގި އެކްސިޑެންޓަކާ ގުޅިގެން، އެ ކާރު ދުއްވަން އިން ޑްރައިވަރުގެ ލައިސަންސް ފުލުހުން ހިފަހައްޓައިފިއެވެ. ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ބަގީޗާ ހިނގުމުގައި ކަމަށެވެ. އަދި މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 އޮކްޓޫބަރު 18 ވީ ދުވަހުގެ ފަތިހު 04:33 އެހައިކަންހާއިރު ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ. މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބަގީޗާ ހިނގުމުގެ ޕޭވްމަންޓް މަތީގައި ހުރި ހޮޅިދަނޑިއެއްގައި...

ފުލުސް މީހާ ގައިގައި ސައިކަލުން ޖެއްސި މައްސަލަ: ހައްޔަރުކުރި ހަތަރު މީހުން ވެސް ޑްރަގަށް ޕޮޒިޓިވް
Raajje

ފުލުސް މީހާ ގައިގައި ސައިކަލުން ޖެއްސި މައްސަލަ: ހައްޔަރުކުރި ހަތަރު މީހުން ވެސް ޑްރަގަށް ޕޮޒިޓިވް

ސިނާމާލެ ބްރިޖު ހައިވޭގައި ގާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި ހުރި ފުލުހެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާކަން ހާމަވެއްޖެއެވެ. މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ. ކޯޓުން އެ މީހުންގެ މައްޗަށް ކުރު މުއްދަތެއް ދީފައިވަނީ ވަކީލަކު ހަމަޖެއްސުމަށް ފުރުސަތަކަށް އެދިފައިވާތީ ކަމަށް ކޯޓުން ވަނީ ބ...

ވަސީލަތްތައް މަދު ނަމަވެސް އަމާޒަކީ ދަނޑުވެރިކަން ފުޅާކޮށް ނަފާ ހޯދައިދިނުން: ޝިޔާމް
Raajje

ވަސީލަތްތައް މަދު ނަމަވެސް އަމާޒަކީ ދަނޑުވެރިކަން ފުޅާކޮށް ނަފާ ހޯދައިދިނުން: ޝިޔާމް

ދިވެހިރާއްޖެއަކީ ބިމުގެ ގޮތުން ކުޑަ އަދި ވަސީލަތްތައް މަދު ގައުމެއް ނަމަވެސް، ސަރުކާރުގެ އަމާޒަކީ ދަނޑުވެރިކަމުގެ ދާއިރާ މިހާރަށްވުރެ ފުޅާކޮށް ރައްޔިތުންނަށް އެ ދާއިރާއިން ނަފާ ލިބޭނެ ގޮތް ހަމަޖައްސައިދިނުން ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ކާނާގެ ޔަގީންކަން ކަށަވަރުކުރުމަކީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމާވެސް ސީދާ ގުޅިފައިވާ މުހިންމު ކަމެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ރާއްޖޭގައި ކާނާގެ ޔަގީންކަން ގާއިމުކުރުމަށްޓަކައި ކުރެވެންހުރި ހުރ...

ކޭއާރުއެޗުގެ ހަށިހެޔޮ ޕްރޮގްރާމުގެ ބައިވެރިންނަށް ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ހޭލުންތެރިކުރުމުގެ ސެޝަނެއް ބާއްވައިފި
Thiladhunmathi News

ކޭއާރުއެޗުގެ ހަށިހެޔޮ ޕްރޮގްރާމުގެ ބައިވެރިންނަށް ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ހޭލުންތެރިކުރުމުގެ ސެޝަނެއް ބާއްވައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އިން ކުރިއަށްގެންދާ “ހަށިހެޔޮ ޕްރޮގްރާމް 2026” ގެ ބައިވެރިންނަށް އަމާޒުކޮށްގެން، ނަފްސާނީ ސިއްހަތާއި ދުޅަހެޔޮކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ހާއްސަ ސެޝަނެއް ބާއްވައިފިއެވެ. މި ސެޝަން ނަންގަވައިދެއްވީ ޕަބްލިކް ހެލްތު ސްޕެޝަލިސްޓް ޑރ. މާލިކެވެ. މި ސެޝަންގެ މައިގަނޑު މަގުސަދަކީ ބައިވެރިންގެ މެދުގައި ނަފްސާނީ ދުޅަހެޔޮކަމާއި، އަމިއްލަ ނަފްސަށް އަޅާލުމުގެ އިތުރުން، ނަފްސާނީ އަދި އިހުސާސީ ގޮތުން ހަރުދަނާ ބަޔަކަށް ވުމަށް ބޭނުންވާ މުހިންމު މައުލޫމާތުތައް...

ތިން ޖީލު އެކުގައި: ޕެންޝަން އޮފީހުގެ ހިނގާލުމާއި އާއިލީ ހަވީރު ހަނިމާދޫގައި ބާއްވައިފި
Thiladhunmathi News

ތިން ޖީލު އެކުގައި: ޕެންޝަން އޮފީހުގެ ހިނގާލުމާއި އާއިލީ ހަވީރު ހަނިމާދޫގައި ބާއްވައިފި

ޕެންޝަން އޮފީހުން ސިލްސިލާކޮށް ބާއްވަމުން އަންނަ “ތްރީ ޖެނެރޭޝަން ވޯކް” (3ޖެން ވޯކް) ގެ ހަތަރުވަނަ ހިނގާލުމާއި އާއިލީ ހަވީރު ހދ. ހަނިމާދޫގައި ބާއްވައިފިއެވެ. މިއީ ކުޑަކުދިންނާއި ބޮޑެތި މީހުން އަދި ދޮށީއުމުރުގެ މީހުން ހިމެނޭހެން، ތިން ޖީލެއްގެ މީހުން ބައިވެރިކޮށް މުޅި އާއިލާއަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތުގެ އެންމެ ޚާއްޞަ އަދި މުހިންމު އެއް ބަޔަކީ، އެއް އާއިލާއެއްގެ ތިން ޖީލުގެ މެންބަރުން އެކުއެކީގައި ކުރިއަށްގެންދިޔަ އެއް ކިލޯމީޓަރުގެ ރަމްޒީ ހިނގާލުމެވެ. މި […]

ގައުމީ ވާޖިބު އަދާކުރުމުގައި ހުއްޓާ އަނިޔާވި ފުލުސް އޮފިސަރުގެ ހާލު ވަޒީރު ބައްލަވާލައްވައިފި
Raajje

ގައުމީ ވާޖިބު އަދާކުރުމުގައި ހުއްޓާ އަނިޔާވި ފުލުސް އޮފިސަރުގެ ހާލު ވަޒީރު ބައްލަވާލައްވައިފި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހިންގަމުންދާ ހާއްސަ އޮޕަރޭޝަންގައި ޑިއުޓީ އަދާކުރަނިކޮށް ސީރިއަސް އަނިޔާތަކެއް ލިބުނު ފުލުސް އޮފިސަރުގެ ހާލު ބެއްލެވުމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން މިއަދު އޭޑީކޭ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައިފިއެވެ. ވަޒީރު ޢަލީ އިޙްސާން އޭޑީކޭ ހޮސްޕިޓަލަށް ކުރެއްވި މި ޒިޔާރަތުގައި، އަނިޔާވި ފުލުސް އޮފިސަރާ ބައްދަލުކުރައްވައި އޭނާއަށް ވަނީ ހިތްވަރު ދެއްވާފައެވެ. މި ޒިޔާރަތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސ...

ރެސްޓޯރެންޓެއްގެ ގޭސްފުޅިއެއްގައި އަލިފާން ރޯވެ ނުރައްކާތެރި ހާދިސާއެއް
Raajje

ރެސްޓޯރެންޓެއްގެ ގޭސްފުޅިއެއްގައި އަލިފާން ރޯވެ ނުރައްކާތެރި ހާދިސާއެއް

މަޖީދީމަގުގައި ހުންނަ “އަތަމާ ޕެލެސް” ގެ ތިރީގައި ހިންގަމުން އަންނަ ރެސްޓޯރެންޓެއްގެ ބަދިގޭގައި ހުރި ގޭސްފުޅިއެއްގައި މިއަދު ހަވީރު އަލިފާން ރޯވެ ހިނގި ނުރައްކާތެރި ހާދިސާ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ނިއްވާލައިފިއެވެ. މި ހާދިސާ ހިނގަން މެދުވެރިވީ އެ ރެސްޓޯރެންޓުގެ ބަދިގޭގެ ތެރޭގައި ކައްކަން ބޭނުންކުރަމުން އައި ގޭސްފުޅިއެއްގައި އަލިފާން ހިފުމުގެ ސަބަބުންނެވެ. ބަދިގޭގައި ބޭނުންކުރަމުންދިޔަ މި ގޭސްފުޅީގައި އަލިފާން ރޯވި ނަމަވެސް، ހާދި...

ސަމާލުވޭ! ކޭއާރުއެޗުން ކުއްލި ހާލަތުގެ ތަމްރީނެއް، އެ ސަރަހައްދަށް މީހުން އެއްނުވުމަށް އެދިއްޖެ
Raajje

ސަމާލުވޭ! ކޭއާރުއެޗުން ކުއްލި ހާލަތުގެ ތަމްރީނެއް، އެ ސަރަހައްދަށް މީހުން އެއްނުވުމަށް އެދިއްޖެ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ކުއްލި ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުމުގެ ހަރަކާތެއް ކުރިއަށްދާތީ، އެ ސަރަހައްދަށް އެއްވެސް ފަރާތަކުން އެއްނުވުމަށް އެ ހޮސްޕިޓަލުން އިލްތިމާސްކޮށްފިއެވެ. ހޮސްޕިޓަލުން އާންމުކުރި ސަމާލުކަމުގެ މެސެޖެއްގައި ބުނީ، އެ ހޮސްޕިޓަލުގައި މިވަގުތު ކުއްލި ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުމުގެ ހަރަކާތެއް (އިމަޖެންސީ އެކްސަސައިޒް) ކުރިއަށްދާ ކަމަށެވެ. އެހެންކަމުން، އެ ސަރަހައްދުގައި ހިނގަމުންދާ ކަންކަމުގެ ވާނުވާ ބެއްލެވުމަށް ނުވަތަ...

އައިޔޫއެމްގެ ފުނަދޫ ކެމްޕަހާއި ދަނާލު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި
Thiladhunmathi News

އައިޔޫއެމްގެ ފުނަދޫ ކެމްޕަހާއި ދަނާލު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ށ. ފުނަދޫ ކެމްޕަހާއި ދަރިވަރުންގެ ދަނާލު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން ށ. ފުނަދޫގައި މިއަދު ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އައިޔޫއެމްގެ އިސްވެރިންގެ ތެރެއިން ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރުގެ އިތުރުން ޑެޕިއުޓީ ވައިސް ޗާންސެލަރ އަޙްމަދު އަމީން މުޙައްމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ ށ. ފ...

އައިހަމްގެ ކާމިޔާބީގެ އަގުވަޒަންކޮށް ހިތްވަރުދިނުމުގެ ހާއްސަ ހަފުލާއެއް ބާއްވައިފި
Thiladhunmathi News

އައިހަމްގެ ކާމިޔާބީގެ އަގުވަޒަންކޮށް ހިތްވަރުދިނުމުގެ ހާއްސަ ހަފުލާއެއް ބާއްވައިފި

ފާއިތުވި ސީޒަނުގައި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ގައުމީ ޓީމުގެ ޒުވާން މިޑްފީލްޑަރު އަހުމަދު އައިހަމް (ފަތޯ) އުތީމަށާއި ބޮޑުތިލަދުންމައްޗަށް ހޯދައިދިން ޝަރަފްގެ އަގުވަޒަންކޮށް އޭނާ އަށް ހިތްވަރު ދިނުމަށް ހާއްސަ ހަފްލާއެއް ރޭ އައިހަމްގެ އުފަން ރަށް ހއ. އުތީމުގައި ބާއްވައިފިއެވެ. ޚާއްސަ ޖާފަތަކާއެކު ކުރިއަށް ދިޔަ މި ހަފްލާއަކީ އުތީމު ކައުންސިލާއި، އުތީމުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) ގުޅިގެން، އުތީމ...

2028 ގެ ނިޔަލަށް ވަޤުފް 8 މަޝްރޫޢު ނިންމައި، އިސްލާމީ ކަންކަމަށް މާލީ މިނިވަންކަން ހޯދަނީ
Raajje

2028 ގެ ނިޔަލަށް ވަޤުފް 8 މަޝްރޫޢު ނިންމައި، އިސްލާމީ ކަންކަމަށް މާލީ މިނިވަންކަން ހޯދަނީ

ރާއްޖޭގެ އިސްލާމީ ކަންކަމަށް މާލީ ގޮތުން އަމިއްލަ ފުދުންތެރިކަން ހޯދުމުގެ ތާރީޚީ ތަޞައްވުރުގެ ދަށުން، 2028 ވަނަ އަހަރުގެ ނިޔަލަށް ވަޤުފްގެ އަށް މަޝްރޫޢެއް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މި އަމާޒަށް ވާސިލުވެވުމުން 2029 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖޭގެ އިސްލާމީ ކަންކަމަށް މާލީ މިނިވަންކަން ލިބިގެންދާނެއެވެ. ވަޒީރު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސްޓްރެޓީޖިކް ވަޤުފް އިންވެސްޓްމަނ...

އިރުގެ އަލިން ހަކަތަ އުފައްދާ މަޝްރޫޢަށް 13 ރަށެއްގެ ރައްޔިތުންގެ މަޝްވަރާ ހޯދަން ފަށައިފި
Raajje

އިރުގެ އަލިން ހަކަތަ އުފައްދާ މަޝްރޫޢަށް 13 ރަށެއްގެ ރައްޔިތުންގެ މަޝްވަރާ ހޯދަން ފަށައިފި

އެކްސެލެރޭޓިންގ ރިނިއުއަބަލް އެނާޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިޒް) މަޝްރޫޢުގެ ދަށުން، ރާއްޖޭގެ 13 ރަށެއްގައި އާންމުންގެ ޚިޔާލު ހޯދުމުގެ މަޝްވަރާ ބައްދަލުވުންތައް ފަށައިފިއެވެ. މި މަޝްވަރާތައް ކުރިއަށްގެންދަނީ މި މަޝްރޫޢުގެ 15 މެގަވޮޓްގެ ސޯލާ ޕެކޭޖުގެ ތެރެއިންނެވެ. މި ޕެކޭޖުގެ ދަށުން ސޯލާ ހަކަތަ އުފެއްދުމުގެ އިތުރުން، އެ ރަށްރަށުގެ ކަރަންޓު ވިއުގަ ފުޅާކޮށް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ. އަދި އޭގެ އިތުރުން، ހަކަތަ ރައްކާކުރުމަށް ބޭނުންވާ ބެޓެރި އެނާޖީ...

ފުލުހުން ބިރުގަންނަވަން ހައިވޭގައި ސައިކަލުން ޖެއްސީ ގަސްތުގައި، ފަހަތަކަށް ނުޖެހޭނަން: ސީޕީ
Raajje

ފުލުހުން ބިރުގަންނަވަން ހައިވޭގައި ސައިކަލުން ޖެއްސީ ގަސްތުގައި، ފަހަތަކަށް ނުޖެހޭނަން: ސީޕީ

ސިނާމާލެ ބްރިޖު ހައިވޭގައި ގާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި ގާނޫނީ ވާޖިބު އަދާކުރަން ހުރި ފުލުސް އޮފިސަރެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެއްސީ، ފުލުހުން ބިރުގަންނަވައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ކަމަށާއި، އެފަދަ ކަންކަމުން ފުލުހުން ފަހަތަށް ނުޖެހޭނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ އޮފް ޕޮލިސް މިއަދު އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ، މި ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ މިއަދު ފަތިހު 04:29 އެހައިކަންހ...

ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ބާރު ސްޕީޑުގައި ދިޔަ ސައިކަލަކުން ޖެހި ސީރިއަސް އަނިޔާތަކެއް
Raajje

ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ބާރު ސްޕީޑުގައި ދިޔަ ސައިކަލަކުން ޖެހި ސީރިއަސް އަނިޔާތަކެއް

ސިނަމާލެ ބްރިޖް ހައިވޭގައި ޑިއުޓީ އަދާކުރަން ހުރި ފުލުހެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ޖެހި، އެ ފުލުސް އޮފިސަރަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ފަތިހު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ ފަތިހު 04:29 ހާއިރު ކަމަށެވެ. ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ މާލެއިން ހުޅުމާލެއަށް ދަތުރުކުރި ސައިކަލެއް ބާރު ސްޕީޑުގައި ދިއުމުގެ ސަބަބުން ކޮންޓްރޯލް […]

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ ލޯގޯއަށް ވޯޓުލާން ހުޅުވާލައިފި
Raajje

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ ލޯގޯއަށް ވޯޓުލާން ހުޅުވާލައިފި

“އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު”ގެ ލޯގޯ ފަރުމާކުރުމަށް ހުޅުވާލި ފުރުޞަތުގައި ލިބުނު ހުށަހެޅުންތަކުގެ ތެރެއިން އާންމުންނަށް އެންމެ ކަމުދާ ލޯގޯއެއް ހޮވުމަށް ވޯޓުލާން ހުޅުވާލައިފިއެވެ. މި މަޝްރޫޢުގެ އެއްވަނައަށް ހޮވޭ ލޯގޯ ފަރުމާކުރި ފަރާތަކަށް 60،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ. މި މަޝްރޫޢުގައި ބޭނުންކުރާނެ ރަސްމީ ލޯގޯއެއް ފަރުމާކުރުމުގެ ފުރުޞަތު ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހުޅުވާލީ މިދިޔަ މަހުގެ 14 ގައެވެ. އަދި އެ މުއްދަތު މިދިޔަ މަހުގެ 24 […]