ގުއާމް ބަލިކޮށް ރާއްޖޭގެ ފެށުން ރަނގަޅުކޮށްފި
2022 ވަނަ އަހަރު ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕް ގެ ޕްރިލިމިނަރީ ކޮލިފިކޭޝަން އަދި 2023 ވަނަ އަހަރު ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ކަޕް ޕްރިލިމިނަރީ ކޮލިފިކޭޝަން ގައި ދިވެހިރާއްޖޭގެ ސީނިއަރ ފުޓުބޯޅަ ޓީމް ގުއާމް އާއި ދެކޮޅައް މިއަދު ހެނދުނު ކުޅުނު މެޗް ރާއްޖެއިން ކާމިޔާބް ކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗްގެ ހަމައެކަނި ގޯލް މެޗްގެ ފުރަތަމަ ހާފްގެ 26 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ. ޒުވާން […]