Skip to main content

އަފްރާހް އަބްދުލް ރަޝީދު

Viewer
🇲🇻 ތިލަދުން Desk
147 Stories
27 Reads

Published on ތިލަދުން (Thiladhun) by އަފްރާހް އަބްދުލް ރަޝީދު

ނޫސްވެރިކަމުގެ އިނާމު ތިލަދުންމަތީގެ 4 ފަރާތަކަށް!
Thiladhunmathi News

ނޫސްވެރިކަމުގެ އިނާމު ތިލަދުންމަތީގެ 4 ފަރާތަކަށް!

ނޫސްވެރިކަމުގެ އިނާމު ތިލަދުންމަތީގެ 4 ފަރާތަކަށް ލިބިއްޖެއެވެ. ނޫސްވެރިކަމުގެ ދާއިރާއިން 2018 ވަނަ އަހަރު އަހަރުގެ އިނާމުތައް ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބޭއްވި ޙަފްލާގައި ނޫސްވެރިކަމުގެ ރަން ގަލަން، ނޫސްވެރިކަމުގެ އަލިމަސް ގަލަން އަދި ނޫސްވެރިކަމުގެ އަލިމަސް ޝަރަފުގެ ގަލަންވެސް އަރުވާފައި ވެއެވެ. މިއަހަރު ޝަރުޢީ އަދި ޤާނޫނީ ދާއިރާއިން އެވޯޑް ހާސިލްކޮށްފައިވަނީ އަވަސްގެ ނާޒިމް ހަސަން އެވެ. ނާޒިމް ވަނީ މިދިޔަ އަހަރުގެ ބޭއްވި އެވޯޑްނައިޓްގައިވެސް އެންމެ އުއްމީދީ ނޫސްވެރިއަކަށް ހޮވިފައ...

Thiladhunmathi News

ކުރިނބީ ފުޓްސަލް ދަނޑު ބޮޑުކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ކުރިނބީ ފުޓްސަލް ދަނޑު ބޮޑުކޮށް ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ. ކުރިނބީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 25 ވަނަ ދުވަހުގެ 10:30 ގައި ކައުންސިލްގެ އިދާރާއަށް ވަޑައިގަތް މައުލޫމާތު ސާފުކުރެއްވުން އެދޭ ކަމަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުގެ 10:30 ގައި ކައުންސިލްގެ އިދާރާގައެވެ. އެ ކައުންސިލުން ބުނީ މައުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ […]

މަސްވެރި އުޅަނދުފަހަރުގައި ވެސަލް ލޮކޭޓިންގް ޑިވައިސް ހަރުކޮށްދިނުމަށް އުރީދޫއާއެކު އެއްބަސްވެއްޖެ
News

މަސްވެރި އުޅަނދުފަހަރުގައި ވެސަލް ލޮކޭޓިންގް ޑިވައިސް ހަރުކޮށްދިނުމަށް އުރީދޫއާއެކު އެއްބަސްވެއްޖެ

އެކްސްޕޯޓްކުރުމަށް ނުވަތަ އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށްޓަކައި މަސްވެރިކަން ކުރުމަށް ފިޝަރީޒް މިނިސްޓްރީން ލައިސަންސް ދީފައިވާ އުޅަނދުފަހަރުގެ ޙަރަކާތްތައް ބެލުމަށް ޤާއިމުކުރާ ވެސަލް މޮނިޓަރިންގެ ސިސްޓަމް ޤާއިމުކޮށް މަސްވެރި އުޅަނދުފަހަރުގައި ވެސަލް ލޮކޭޓިންގް ޑިވައިސް ހަރުކޮށްދިނުމުގެ އެއްބަސްވުމުގައި އުރީދޫ މޯލްޑިވްސްއާއެކު މިއަދު ސޮއިކޮށްފިއެވެ. ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުންކުރިއަށް ގެންދާ މިޕްރޮޖެކްޓްގެ ދަށުން ލައިސަންސް ދީގެން މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި ހަރުކުރުމަށް 700...

News

ސަރުކާރު ހަލާކުކުރަން ރާވަމުންދާކަމަށް ބުނެ މޮސްޓާގެ ތުހުމަތު ނަޝީދަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރު ހަލާކުކޮށްލަން ކުރީގައި ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރާވަމުންދާ ކަމަށް ނޮޅިވަރަމް ދާއިރާއިގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ތުހުމަތުކުރައްވައިފިއެވެ. މޮސްޓާ މިހެން ވިދާޅުވީ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ލަސްކަމެއް އެބަހުރިހެން ހީފުޅުވާކަމަށް ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ. ރައްޔިތުންގެ މަޖިލީހުގައި ނަޝީދު ތަމްސީލުކުރައްވާ މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރަވަމުނ...

News

ސައުދީ ތެޔޮ ކުންފުނީގެ ދެ ތަނަކަށް ދިން ޑްރޯން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

ސައުދީ އަރަބިއާގެ ގައުމީ ތެޔޮ ކުންފުނި އަރާމްކޯ އިން ތެޔޮ ޕްރޮސެސްކުރާ މުހިންމު ދެ ތަނަކަށް ޑްރޯން ހަމަލާހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފިއެވެ. ޑްރޯން ހަމަލާދީފައި ވަނީ އަބްގައިގުގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ޕްރޮސެސިން ޕްލާންޓަށާއި ސައުދީގެ ދެ ވަނަ އަށް އެންމެ ބޮޑު އޮއިލް ފީލްޑް އޮންނަ ޚުރައިސްއަށެވެ. މި ހަމަލާ ކުށްވެރިކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނާޒުކު ތަންތަނަށް ދޭ މިފަދަ ހަމަލާތަކުގެ ސަބަބުން އެތަކެއް އާންމު ރައްޔިތުންނެއް […]

Raajje

ހުޅުމާލެ ފަތާ ޓްރެކް ސަރަހައްދުގައި ތަރައްގީކުރި ޕަބްލިކް ފާހާނަތައް ހުޅުވައިފި

ހުޅުމާލެ ފަތާ ޓްރެކް ސަރަހައްދުގައި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ތަރައްގީކުރި ޕަބްލިކް ފާހާނަތައް މިއަދު ހުޅުވައިފިއެވެ. އެޗްޑީސީން ބުނީ މި ޕަބްލިކް ފާހާނަ ބަރީގައި އަންހެނުންނާއި ފިރިހެނުންނަށް ވަކިން ފާހާނަ ހުންނާނެ ކަމަށާއި ނުކުޅޭދޭ މީހުންނަށް ހާއްސަ ފާހާނަ ހުންނާނެ ކަމަށެވެ. އަންހެނުންނަށް ހާއްސަ ފާހާނާގައި އަރާމުކޮށް އިށީނދެ އިނދެވޭނެ ގޮތަށް ގާތުން ކިރުދޭ ކޮޓަރިއެއް ގާއިމްކޮށް މި ކޮޓަރީގައި ނެޕީ ބަދަލުކުރުމަށް މޭޒަކާއި މޫނު ދޮންނަ ތަށި ހުންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ފިރިހ...

Raajje

ގުޅީފަޅު ބަނދަރު ކޮންސަލްޓެންސީއަށް އެއް މިލިއަން ޑޮލަރު

ގުޅިފަޅުގައި ތަރައްގީކުރާ އިންޓަނޭޝަނަލް ޕޯޓުގެ ކޮންސަލްޓެންސީ މަސައްކަތް އެއް މިލިއަން ޑޮލަރަށް ހަވާލުކޮށްފިއެވެ. ފިނޭންސް މިނިސްޓްރީ ބުނީ ކޮންސަލްޓެންސީ މަސައްކަތް ހަވާލުކޮށްފައިވަނީ ޑެންމާކާއި ހޮލެންޑުގެ ދެ ކޮންސަލްޓަންސީ ކުންފުންޏެއްގެ މައްޗަށް އެކުލެވޭ ޖޮއިންޓް ވެންޗާއަކަށް ކަމަށެވެ. އެއީ ޑެންމާކްގެ ކުންފުނި ނީރާސް އާއި ހޮލެންޑުގެ މެރިޓައިމް އެންޑް ޓްރާންސްޕޯޓު ބިޒްނަސް ކުންފުންޏަށެވެ. މި މަސައްކަތުގެ ސަބް ކޮންސަލްޓެންޓުންނަކީ ވޯޓާ ސޮލިއުޝަންސް އަދި ކްލެރިއަން މޯލްޑިވްސް އަދި ބީޗް ރޮކް ވެން...

ކުމުންދޫއިން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް 200 ކިލޯ ވޯޓުގެ ޖަނަރޭޓަރެއް ގެންގޮސްފި
Thiladhunmathi News

ކުމުންދޫއިން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް 200 ކިލޯ ވޯޓުގެ ޖަނަރޭޓަރެއް ގެންގޮސްފި

އިންޖީނުތަކަށް މައްސަލަ ދިމާވެ، ހދ. ކުމުންދުއިން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް 200 ކިލޯވޯޓުގެ ޖަނަރޭޓަރެއް އެ ރަށަށް ގެންގޮސްފިއެވެ. ކުމުންދޫ ކައުންސިލް ރައީސް އަމީން މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބުދަ ދުވަހު މި ޖަނަރޭޓަރު ކުމުންދުއަށް ގެންގޮސްފައިވާ ކަމަށެވެ. ކުމުންދޫ ރައްޔިތުންނަށް ކަރަންޓު ދިނުމަށް މިހާރު އެރަށު އިންޖީނުގޭގައި ބޭނުންކުރަމުންދަނީ ތިން އިންޖީނުކަމަށްވާއިރު، އެއީ 200 ކިލޯވޯޓް، 160 ކިލޯވޯޓް އަދި 104 ކިލޯވޯޓުގެ ތިން އިންޖީނުކަމަށް މަޢުލޫމާތުލިބެއެވެ. އަމީން ކު...

ހއ. އަތޮޅު ހޮސްޕިޓަލުގެ ފުރާޅު ޓިނު ބަދަލުކޮށްދޭނެ ބަޔަކު ހޯދަނީ
Thiladhunmathi News

ހއ. އަތޮޅު ހޮސްޕިޓަލުގެ ފުރާޅު ޓިނު ބަދަލުކޮށްދޭނެ ބަޔަކު ހޯދަނީ

ހއ. އަތޮޅި ހޮސްޕިޓަލުގެ ފުރާޅު ޓިނު ބަދަލުކޮށްދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ. އެ ހޮސްޕިޓަލުން ސަރުކާރުގެ ގެޒެޓްގައި ކުރި އިއުލާނުގައި ވާގޮތުން އެ ފަރާތުންދޭ ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ހޮސްޕިޓަލުގެ ބާ އިމާރާތުގެ ޓިނު ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް މިދިޔަ މަހުގެ 22 ވަނަ ދުވަހު ކުރި އިއުލާނަށް ތިން ފަރާތުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީވެ، އެ އިއުލާން ބާތިލްކޮށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރާ ކަމަށެވެ. ވީމާ […]

Thiladhunmathi News

ނޮޅިވަރަމުގެ މަގުތަކުގެ އީއައިއޭ ހަދާނެ ބަޔަކު ހޯދަނީ

ހދ. ނޮޅިވަރަމުން އަލަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކާގުޅޭ މަގުމަގާއި ގޯޅިތަކުގެ އީއައިއޭ ހަދައިދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ. ނޮޅިވަރަމު ކައުންސިލުން ކުރި އިއުލާނުގައި ވާގޮތުން އެރަށުން އަލަށް ދޫކުރަން ނިންމާފައިވާ ގޯތިތަކާގުޅޭ މަގުމަގާއި ގޯޅިތަކުގެ އީއައިއޭ ހަދައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 24 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 އަށް ކައުންސިލަށް ހާޒިރުވެ މައުލޫމާތު ސާފުކުރުމަށް ފަހު މިމަހުގެ 30 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 އަށް އަންދާސީ ހިސ...

Thiladhunmathi News

އާރުއޯ ފެން ޕްލާންޓުތައް ކުމުންދުއަށާއި ވައިކަރަދުއަށް ގެންގޮސްފި

ހދ. ކުމުންދޫ އާއި އެ އަތޮޅު ވައިކަރަދުގައި ބަހައްޓާ އާރުއޯ ފެން ޕްލާންޓުތައް އެ ދެ ރަށަށް ގެންގޮސްފިއެވެ. މި ދެ ރަށުގައި އާރުއޯ ފެން ޕްލާންޓު ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މި އަހަރުގެ ކުރީ ކޮޅުގައެވެ. އޯޕިޑްގެ ލޯނު އެހީ އާއި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ބަހައްޓާ މި ފެން ޕްލާންޓުތަކުގެ އިތުރުން ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި އިސްކުރު ބަރިން އާންމުންނަށް ފެން ދޫކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ. […]

ދިއްދޫ އާއި ނެއްލައިދޫގައި ޓާފް ދަނޑު އެޅުން އަމިން ކޮންސްޓްރަކްޝަން އަށް
Thiladhunmathi News

ދިއްދޫ އާއި ނެއްލައިދޫގައި ޓާފް ދަނޑު އެޅުން އަމިން ކޮންސްޓްރަކްޝަން އަށް

ރައްޖޭގެ 13 ރަށެއްގައި ޓާފް ދަނޑު އެޅުމަށް ހިންގާ މަޝްރޫއުގެ ދަށުން ހއ. ދިއްދޫ އަދި ހދ. ނެއްލައިދޫގައި ޓާފް ދަނޑު އެޅުމުގެ މަސައްކަތް އަމިން ކޮންސްޓްރަކްޝަނާ ހަވާލުކުރުމަށް ނެޝަނަލް ޓެންޑަރ ބޯޑުން ނިންމައިފިއެވެ. ފިނޭންސް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މި މަސައްކަތް އަމިން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައި ވަނީ 90 ދުވަސް ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ. އަދި މި މަޝްރޫއަށް 8.6 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވެސް އެ ޓްވީޓުގައި ވެއެވެ. […]

ހުޅުމާލޭގައި ޑޮލަރު އޭޓީއެމްއެއް ހުޅުވައިފި
Business

ހުޅުމާލޭގައި ޑޮލަރު އޭޓީއެމްއެއް ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހުޅުމާލޭގައި ޑޮލަރު އޭޓީއެމްއެއް ހުޅުވައިފިއެވެ. މި އޭޓީއެމް ހުންނަނީ ފިއުލް ސަޕްލައިސްގެ ޕެޓްރޯލް ޝެޑް ކައިރީ ހުންނަ، ރެނާޓަސް އިތާމުތް ބިލްޑިންގުގަ އެވެ. މި އޭޓީއެމް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ޔޫއެސް ޑޮލަރު ނެގުމާއި ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމާއި ޓްރާންސްފާގެ ހިދުމަތް ވެސް ހޯދޭނެ އެވެ. ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ ޓިމް ސޯޔާ ވިދާޅުވީ ޑޮލަރު އޭޓީއެމްގެ ހިދުމަތް ތައާރަފްކުރި ދުވަހުން ފެށިގެން މިދިޔަ އަހަރެއްހާ ދުވަސް ތެރޭ ޑޮލަރު […]

Thiladhunmathi News

"ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމް" އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ހއ.އަތޮޅަށް އެކިދާއިރާތަކުން ފާހަގަކުރެވޭފަދަ އަގުހުރި ހިދުމަތްތަކެއް ކޮށްދީފައިވާ ފަރާތްތަކަށްދޭ “ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމް” އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ. ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމަކީ ތަފާތު ފަންނުތަކުން ފާހަގަކޮށްލެވޭފަދަ އަގުހުރި ޚިދުމަތްތަކެއް ހއ.އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، ހއ.އަތޮޅުގެ ސްކޫލް/ މަދަރުސާތަކުން ފަޚުރުވެރި ވަނަތައް ހޯދާފައިވާ ދަރިވަރުންނާއި، އަތޮޅަށް އެންމެ ޚިދުމަތްތެރި ރިޒޯޓަކާއި، އަދި އަތޮޅުގެ އެންމެ ހިންގުންތެރި ރަށު...

Raajje

ކެލާ ބަނދަރުގެ ނުނިމިހުރި މަސައްކަތްތައް ކުރުމަށް އެމްޓީސީސީގެ ވެހިކަލްތައް ގެނެސްފި

ހއ. ކެލާ ބަނދަރުގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށް އެމްޓީސީސީގެ ވެހިކަލްތައް މިއަދު ގެނެސްފިއެވެ. ކެލާ ބަނދަރު ހެދުމަށް ހައުސިން މިނިސްޓްރީން ކެޕިޓަލް އިންވެސްޓްމަންޓް އެންޑް ފައިނޭންސް ޕްރިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 2015 ވަނަ އަހަރުގެ ޖޫން މަހުގައެވެ. ދެހާހަށް ވުރެ ބޮޑު އާބާދީއެއް ކެލާގައި ދިރިއުޅޭއިރު ކުރިން އެރަށުގައި އޮތީ 400 ފޫޓް ދިގު 250 ފޫޓް ފުޅާ ބަނދަރެކެވެ. ނަމަވެސް ކެލާގެ އާބާދީއާއި، ދުއްވާ ކަނޑުއުޅަނދު ފަހަރާ އަޅާބަލާއިރު ބަނދަރުގެ ދަތިކަން ރައްޔިތުން ދިޔައީ ތަހައްމަލު […]