ވައިކަރަދޫގައި ބާއްވާ ފްލައިބޯޑިންގ ބިގިނަރ ލެސަންސް "އުދުހިލާ 2026" އަށް ބޮޑު ތަރުޙީބެއް!
ހދ. ވައިކަރަދޫގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ފްލައިބޯޑިންގ ބިގިނަރ ލެސަންސް “އުދުހިލާ 2026” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމުން ބޮޑު ތަރުހީބެ ލިބިއްޖެ އެވެ. މިއީ ވައިކަރަދޫގެ ވައިރޮދި ޖަމްޢިއްޔާއިން އިންތިޒާމްކޮށްގެން، ވޯޓަރ ސްޕޯޓްސްގެ ދާއިރާއިން ގިނަ ކުދިންތަކެއް ބިނާކުރުމުގެ މަޤްޞަދުގައި، އެ ޖަމްޢިއްޔާގެ މި އަހަރުގެ ފަހު ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދާ އިވެންޓެކެވެ. ހުރިހާ ޢުމުރުފުރައަކަށް ހުޅުވާލައިގެން، ކުރިއަށްގެންދާ މި އިވެންޓަކީ، އެ ޖަމްޢިއްޔާއިން މުޅިން ހިލޭ ކުރިއަށ...