އަތުލައިގަތް ބަނގުރާ ނެޓްވޯކްގެ އިސް މީހާ ހައްޔަރުކޮށްފި
މާލޭގައި ފުޅާދާއިރާއެއްގައި ޤަވާއިދާ ޚިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް ޢަމާޒުކޮށް، ފުލުހުން ހިންގި އޮޕަރޭޝަންގައި ހެންވޭރު ގެއެއް ބަލައިފާސްކޮށް އަތުލައިގަތް ބަނގުރާ ފުޅިތަކުގެ މައްސަލައާ ގުޅުންހުރި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ. މިކަމާގުޅިގެން ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި މައްސަލައިގެ ތަޙުޤީޤަށް މިހާތަނަށް ލިބުނު މަޢުލޫމާތުން އެނގޭ ގޮތުގައި، އެ ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވަނީ ހ. ކަރޯގެ، 53 އަހަރުގެ މުޙައްމަދު ރަޝްވާން ޢައްބާސްއެވެ. މާލޭގައި ފުޅާދާއިރާއެއްގަ...