Skip to main content

ފާތިމަތު ސަޙާ

Contributor
🇲🇻 ތިލަދުން Desk
448 Stories
4,070 Reads

Published on ތިލަދުން (Thiladhun) by ފާތިމަތު ސަޙާ

ށ.އަތޮޅު ހޮސްޕިޓަލްގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމެއް ޅައިމަގާއި ނަރުދޫއަށް
Thiladhunmathi News

ށ.އަތޮޅު ހޮސްޕިޓަލްގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމެއް ޅައިމަގާއި ނަރުދޫއަށް

ށ. އަތޮޅު ހޮސްޕިޓަލުން ކުރިއަށްގެންދާ ސްޕެޝަލިސްޓް އައުޓްރީޗް ޕްރޮގްރާމްގެ ދަށުން، ށ. ޅައިމަގު އަދި ށ. ނަރުދޫގައި ބަލިމީހުން ބައްލަވާ ގޮތަށް ހަމަޖެހިއްޖެއެވެ. 1 އޮކްޓޫބަރު 2026 (މާދަމާ) ބޭއްވުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގެ މަޤްޞަދަކީ، ސްޕެޝަލިސްޓް ޑޮކްޓަރުންގެ ސިއްހީ ޚިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން ފަސޭހަކަމާއެކު ފޯރުކޮށްދިނުންކަމުގައި ށ. އަތޮޅު ހޮސްޕިޓަލުން މަޢުލޫމާތު ދެއްވާފައިވެއެވެ. މި އައުޓްރީޗް ޕްރޮގްރާމުގެ ދަށުން އެކި ދާއިރާތަކުގެ ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތްތައް ލިބިގެންދާ...

ފިނޭއިން ދިގުމުއްދަތަށް ދަނޑުވެރިކަން ކުރަން ތިން ބިމެއް ކުއްޔަށް ދޫކުރަނީ
Thiladhunmathi News

ފިނޭއިން ދިގުމުއްދަތަށް ދަނޑުވެރިކަން ކުރަން ތިން ބިމެއް ކުއްޔަށް ދޫކުރަނީ

ހދ. ފިނޭގައި ދިގުމުއްދަތަށް ދަނޑުވެރިކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ދަނޑުބިން ކުއްޔަށް ހިފުމުގެ ފުރުސަތު އެ ރަށު ކައުންސިލްގެ އިދާރާއިން ހުޅުވާލައިފިއެވެ. ފިނޭ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި މި ބުރުގައި ޖުމްލަ 3 ބިމެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެ ރަށު އާމަގުންނާއި ޒިޔާރަތްމަގުން ދޫކުރުމަށް ހަމަޖެހިފައިވާ 100,000 (އެއްލައްކަ) އަކަފޫޓުގެ 2 ބިމާއި، 80,000 (އަށްޑިހަ ހާސް) އަކަފޫޓުގެ 1 ބިމެވެ. މި ދަނޑުބިންތަކަށް ކުރިމަތިލުމުގެ ފުރ...

މިލަންދޫގައި ކުރިއަށް ގެންދިޔަ ބެޑްމިންޓަން އަމްޕަޔަރު ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި
Thiladhunmathi News

މިލަންދޫގައި ކުރިއަށް ގެންދިޔަ ބެޑްމިންޓަން އަމްޕަޔަރު ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި

ށ. މިލަންދޫގައި ކުރިއަށް ގެންދިޔަ ބެޑްމިންޓަން އަމްޕަޔަރު ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއީ މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމް.އެން.އައި.އެސް) އާއި ށ. މިލަންދޫ ކައުންސިލް އަދި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން މި މަހުގެ 22 އިން 28 ގެ ނިޔަލަށް ކުރިއަށްގެންދިޔަ ކޯހެކެވެ. މިލަންދޫ ކައުންސިލް ރައީސް އިބްރާހީމް ނިހާދް “ތިލަދުން”އަށް ވިދާޅުވީ މިލަންދޫއަކީ ބެޑްމިންޓަންގެ ފާހަގަކޮށްލެވޭ ރަށަކަށްވުމާއެކު، ކުރިއަށް އޮތް ތަނުގައި މި ކުޅިވަރަށް ދެވޭ އަހައްމިއް...

ބޮޑު ތިލަދުންމަތީ ބޮޑުބާޒާރާއި އައިލެންޑް ކާނިވަލް މިއަދު ފަށަނީ، ބޮޑު ތިލަދުންމައްޗަށް ދަޢުވަތު
Thiladhunmathi News

ބޮޑު ތިލަދުންމަތީ ބޮޑުބާޒާރާއި އައިލެންޑް ކާނިވަލް މިއަދު ފަށަނީ، ބޮޑު ތިލަދުންމައްޗަށް ދަޢުވަތު

ހދ. ކުޅުދުއްފުށީ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ، ބޮޑުތިލަދުންމަތި ބޮޑުބާޒާރާއި އައިލެންޑް ކާރނިވަލްގެ ހަރަކާތްތައް ރަސްމީކޮށް ފެށުމުގެ ގޮތުން ބާއްވާ ޚާއްޞަ ރަސްމިއްޔާތު މިއަދު ހަވީރު އޮންނާނެކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފިއެވެ. މި ، ރަސްމިއްޔާތުގައި އެންމެހާ ރައްޔިތުން ބައިވެރިވެވަޑައިގެން ދެއްވުމަށް ސިޓީކައުންސިލުން ދަޢުވަތު އަރުވާފައިވެއެވެ. މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ 30 ސެޕްޓެމްބަރ 2026 ވާ މިއަދު ހަވީރު 16:15 ގައި ކުޅުދުއްފުށި ސިޓީ، ބީޗް ހޭންޑްބޯލް އެރީނާ ގައ...

ޝިޕް ޢިމާދުއްދީން ފުރަތަމަ ފަހަރަށް އުލިގަމަށް، ރައްޔިތުންގެ ފަރާތުން ސަގާފީ ހޫނު މަރުޙަބާއެއް
Thiladhunmathi News

ޝިޕް ޢިމާދުއްދީން ފުރަތަމަ ފަހަރަށް އުލިގަމަށް، ރައްޔިތުންގެ ފަރާތުން ސަގާފީ ހޫނު މަރުޙަބާއެއް

ކޯސްޓްގާޑް ޝިޕް (ސީޖީއެސް) އިމާދުއްދީން ފުރަތަމަ ފަހަރަށް ހއ. އުލިގަމަށް ބަނދަރުކޮށް، އެ ރަށަށް ތާރީޚީ ޕޯޓް ކޯލެއް ކޮށްފިއެވެ. އުލިގަމަކީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ އެންމެ އުތުރުގެ ސްޓޭޝަން އަދި އެ ކޮމާންޑުގެ އެންމެ ދުވަސްވީ އެއް ކޯސްޓްގާޑް ސްޓޭޝަން ގާއިމުވެފައިވާ ރަށެވެ. ސީޖީއެސް އިމާދުއްދީން އެ ރަށަށް ކައިރިކުރުމުން، އުލިގަމު ކައުންސިލްގެ އިސްވެރިންނާއި ރައްޔިތުންގެ ފަރާތުން ވަނީ އުޅަނދުގެ ފަޅުވެރިންނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. އުލިގަމުގެ ޒަމާންވީ ސަގާފަތާ އެއްގޮތްވާ...

ކުރިމަގު ޖަމްޢިއްޔާއިން މަކުނުދޫގެ އަންހެނުންގެ ކޮމިޓީއަށް ބިއްލޫފުޅި ހަދިޔާކޮށްފި
Thiladhunmathi News

ކުރިމަގު ޖަމްޢިއްޔާއިން މަކުނުދޫގެ އަންހެނުންގެ ކޮމިޓީއަށް ބިއްލޫފުޅި ހަދިޔާކޮށްފި

ހއ.  ދިއްދޫ ކުރިމަގު ޖަމްޢިއްޔާއިން ކުރިއަށްގެންދާ ބިއްލޫރި ފުޅި ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ދަށުން، މަކުނުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމ) އަށް ޖުމްލަ 119 ބިއްލޫރި ފުޅި ޙަވާލުކޮށްފިއެވެ.   މަކުނުދޫ އތމ ކޮމިޓީގެ ރައީސާ ޝަހުމާ އާދަމް “ތިލަދުން” އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ދިއްދޫ’ “ކުރިމަގު” ޖަމްޢިއްޔާއިން ހަދިޔާކުރި ބިއްލޫރި ފުޅިތައް މަކުނުދޫގެ މުއައްސަސާތަކަށް މިއަދު ޙަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން ކޮންމެ މުއައްސަސާއަކަށް 15 ފުޅި މިހާރު ޙަވާލުކުރެވިފައިވާ ކަމ...

މާރަންދޫގައި މަދިރި އުފެދޭ ތަންތަން ނައްތާލުމުގެ ހަރަކާތެއް، ހުރިހާ ގެއަކަށް ޒިޔާރަތްކޮށްފި
Thiladhunmathi News

މާރަންދޫގައި މަދިރި އުފެދޭ ތަންތަން ނައްތާލުމުގެ ހަރަކާތެއް، ހުރިހާ ގެއަކަށް ޒިޔާރަތްކޮށްފި

މި ދުވަސްވަރަކީ ރޯގާ ފެތުރޭ ދުވަސްވަރަކަށް ވާތީ، މަދިރި އާލާވާ ތަންތަން ބަލައި ފާސްކޮށް، އެފަދަ ތަންތަން ނައްތާލުމުގެ ޚާއްޞަ ހަރަކާތެއް ހއ. މާރަންދޫގައި ކުރިއަށްގެންގޮސްފިއެވެ. މި ހަރަކާތަކީ މާރަންދޫ ކައުންސިލާއި އެ ރަށު ޞިއްޙީމަރުކަޒު ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މާރަންދޫ ކައުންސިލްގެ ރައީސް ޙަސަން ވަޙީދު “ތިލަދުން”އަށް ވިދާޅުވީ، މި ހަރަކާތުގެ ތެރެއިން ރަށުގެ ހުރިހާ ގޭބިސީތަކަށާއި އެހެނިހެން އެކި ތަންތަނަށް ޒިޔާރަތްކޮށް، މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން ބަލައި ފާސްކޮށްފައިވާނެކަމަށ...

ނެއްލައިދޫ ފަޓޯ ސްޕޯޓްސް އެކަޑަމީ ފުޓްސަލް ކަޕްގެ ޗެމްޕިއަންކަން ޓީމް ފުރުންމާއަށް
Thiladhunmathi News

ނެއްލައިދޫ ފަޓޯ ސްޕޯޓްސް އެކަޑަމީ ފުޓްސަލް ކަޕްގެ ޗެމްޕިއަންކަން ޓީމް ފުރުންމާއަށް

ހދ. ނެއްލައިދޫ ފަޓޯ ސްޕޯޓްސް އެކަޑަމީ (އެފްއެސްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ “އެފްއެސްއޭ ނެއްލައިދޫ ފުޓްސަލް ކަޕް 2026” ގެ ފައިނަލް މެޗުގެ ފޯރިގަދަ ކުޅުމަކަށްފަހު، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީތަކުން ވެލާ ޔުނައިޓެޑް ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން ޓީމް ފުރުންމާ ހޯދައިފިއެވެ. ވެލާ ޔުނައިޓެޑާއި ޓީމް ފުރުންމާ ބައްދަލުކުރި ވާދަވެރި ފައިނަލް މެޗުގެ ވަގުތު ހަމަވީ އިރު، ދެ ޓީމު ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެހެންކަމުން، ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީތަކުގައި ފުރަތަމަ […]

ފުނަދޫ ރައްޔިތުންގެ ބޮޑު ތަރުހީބާއެކު ފަރުކޮޅު ސަރަޙައްދު ސާފުކޮށްފި
Thiladhunmathi News

ފުނަދޫ ރައްޔިތުންގެ ބޮޑު ތަރުހީބާއެކު ފަރުކޮޅު ސަރަޙައްދު ސާފުކޮށްފި

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން އިސްނަގައިގެން ށ. ފަރުކޮޅު (ނުވަތަ ފަރޮޅު)ގެ ހިމާޔަތްކޮށްފައިވާ ސަރަޙައްދު ސާފުކުރުމަށްޓަކައި ކާމިޔާބު ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. ށ. ފުނަދޫގެ ގިނަ އަދަދެއްގެ ބައިވެރިންނާއެކު ކުރިއަށްދިޔަ މި ހަރަކާތަކީ އެ ސަރަޙައްދުގެ ތިމާވެށި ރައްކާތެރިކުރުމަށް ހިންގުނު މުޙިންމު މަސައްކަތެކެވެ. މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން މަޢުލޫމާތު ދެއްވި ގޮތުގައި، މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ޤުދުރަތީ...

ވިޔަފާރި ގުޅުމާއި ''ބޮޑު ބާޒާރު''ގެ ދައުވަތާއެކު ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބޮޑު ތިލަދުންމަތީގެ ރަށްތަކަށް
Thiladhunmathi News

ވިޔަފާރި ގުޅުމާއި ''ބޮޑު ބާޒާރު''ގެ ދައުވަތާއެކު ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބޮޑު ތިލަދުންމަތީގެ ރަށްތަކަށް

ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން އެ ސިޓީގައި ބާއްވާ ” ބޮޑުތިލަދުންމަތީ ބޮޑު ބާޒާރު”ގެ ދަޢުވަތު ދެއްވުމަށް، ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އާތިފް ހިމެނޭހެން، ސިޓީ ކައުންސިލްގެ ޓީމެއް ބޮޑު ތިލަދުންމަތީގެ ރަށްރަށަށް ދަތުރެއް ފަށައިފިއެވެ. މި ދަތުރުގައި ކުޅުދުއްފުށި ސިޓީއާއި، ކައުންސިލްތަކާ ދެމެދު ވިޔަފާރި އާއި އިޤްތިޞާދީ ގޮތުން  ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުންދަނީ، ވާހަކަ ދައްކައި މަޝްވަރާ ކުރައްވަމުންނެވެ. މީގެއިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެ...

މަކުނުދޫ ޑްރާމާ މުބާރާތުގެ 1 ވަނަ ޞިއްޙީ މަރުކަޒަށް, އެންމެ މޮޅު އެކްޓަރުންނަށް ޠާހާ އާއި މީރާ
Thiladhunmathi News

މަކުނުދޫ ޑްރާމާ މުބާރާތުގެ 1 ވަނަ ޞިއްޙީ މަރުކަޒަށް, އެންމެ މޮޅު އެކްޓަރުންނަށް ޠާހާ އާއި މީރާ

ހދ. މަކުނުދޫ ކައުންސިލުން، އެ ރަށުގެ މުއައްސަސާތަކަށް އަމާޒުކޮށްގެން ބޭއްވި ޑްރާމާ މުބާރާތުގެ ފަޚްރުވެރި 1 ވަނަ މަކުނުދޫ ޞިއްޙީމަރުކަޒުން ގެނެސްދިން ” އުފާވެރި ޙަޔާތަކަށްޓަކައި “އަށް ލިބިއްޖެއެވެ. ރަށުގެ މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، މުވައްޒަފުންނާއި ޒުވާނުންގެ ފަންނީ ހުނަރުތައް ކުރިއެރުވުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ މި މުބާރާތުގެ 2 ވަނަ މަކުނުދޫ ކައުންސިލްގެ “ޙާލަތު” ހޯދިއިރު، 3 ވަނަ ހޯދާފައިވަނީ މަކުނުދޫ ސްކޫލުން ހުށަހެޅި ޑްރާމާ “ލަމްޙާ” އެވެ. ޖުމްލަ 20 ބައިވެރިން ހ...

ޔުނިޓީ ސްޕޯޓްސް އެޑަމީން ފުނަދޫގެ ވަގުތީ މިސްކިތުގައި މުށިޖަހައިދީފި
Thiladhunmathi News

ޔުނިޓީ ސްޕޯޓްސް އެޑަމީން ފުނަދޫގެ ވަގުތީ މިސްކިތުގައި މުށިޖަހައިދީފި

ށ. ފުނަދޫގެ ޔުނިޓީ ސްޕޯޓްސް އެކަޑަމީން އެރަށު ވަގުތީ މިސްކިތުގައި މުށިޖެހުމަށް ކުރިއަށްގެންދިޔަ މަސައްކަތްތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި މަސައްކަތަކީ އެ ރަށުގެ “ޔުނިޓީ ސްޕޯޓްސް އެކަޑަމީ” އިން އިސްނަގައިގެން، ހެޔޮއެދޭ އެކި ފަރާތްތަކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ ހަރަކާތެކެވެ. އެ ކުލަބުން މައުލޫމާތު ދޭ ގޮތުގައި، މި މިސްކިތުގައި މުށިޖެހުމުގެ މަސައްކަތް ކުރިއަށްދިޔައިރު، އެ ކުލަބުގެ މެންބަރުންގެ އިތުރުން ރަށުގެ އިޖުތިމާއީ ކަންކަމުގައި އަބަދުވެސް އެހީތެރިވެދޭ ގިނަ ފަރާތްތަކެއްގެ ފު...

ގަސް އިންދުމުގެ ހަރަކާތާއެކު ސިއްރުފެންފުށިން މާއުނގޫދޫ ރައްޔިތުންނަށް 1،000 ފައިވާން ހަދިޔާކޮށްފި
Thiladhunmathi News

ގަސް އިންދުމުގެ ހަރަކާތާއެކު ސިއްރުފެންފުށިން މާއުނގޫދޫ ރައްޔިތުންނަށް 1،000 ފައިވާން ހަދިޔާކޮށްފި

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ށ. މާއުނގޫދޫގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. މިއީ ސިއްރުފެންފުށި ޕްރައިވެޓް ލެގޫން ރިސޯޓުން އިސްނެގުމާގުޅިގެން، މާއުނގޫދޫ ކައުންސިލުން އިންތިޒާމްކޮށްގެން ހިންގުނު ހަރަކާތެކެވެ. މާއުނގޫދޫ ކައުންސިލް ރައީސް މުޙައްމަދު އިރުފާމް “ތިލަދުން”އަށް ވިދާޅުވީ، މި ހަރަކާތުގައި ޖުމްލަ 45 ގަސް އެ ރަށުގެ  ފުއްޓަރު ބީޗު ސަރަޙައްދުގައި އިންދާފައިވާނެކަމަށެވެ. އޭގެތެރޭގައި ހިމެނެނީ، މަގޫގަހާއި ބޯށި ގަހުގެ އިތުރުން ކުރެދި ފަދަ، ރާއްޖޭ...

ބާރަށު ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ހަމަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފި
Thiladhunmathi News

ބާރަށު ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ހަމަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފި

ހއ. ބާރަށު ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ބަޔަކާ ހަވާލުކޮށްފިއެވެ. މިކަމާ ގުޅޭގޮތުން ބާރަށު ދާއިރާގެ މެމްބަރު އަދި ވެރިކަން ކުރާ ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބާރަށު ޒުވާނުންގެ މަރުކަޒު ނިންމުމުގެ މަސައްކަތް އިއްޔެ ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ނިންމައި، ރަށުގެ ޒުވާނުންނަށް މަރުކަޒުގެ ބޭނުން ހިފޭވަރު ވާނެ […]

ފުރާޅުތަކުން މަގުމައްޗަށް ފެންފައިބާ މައްސަލަ އިޞްލާޙުކުރަން ކުމުންދޫ ކައުންސިލުން ސުންގަޑިއެއް ދީފި
Thiladhunmathi News

ފުރާޅުތަކުން މަގުމައްޗަށް ފެންފައިބާ މައްސަލަ އިޞްލާޙުކުރަން ކުމުންދޫ ކައުންސިލުން ސުންގަޑިއެއް ދީފި

ހދ. ކުމުންދޫ ގޭގޭގެ ފުރާޅުތަކުގައި ރަނގަޅަށް ދިޔަދޮވި ހަރުކުރަން ކައުންސިލުން އިލްތިމާސްކޮށްފިއެވެ. އެ ރަށުގެ ބައެއް ގެތަކުގެ މަގުމައްޗަށް ވާގޮތަށް ދިޔަދޮވި ނާޅުވާ ހުރި ފުރާޅުތަކުންނާއި، މަގުމައްޗަށް ވާގޮތަށް ހުންނަ ދިޔަދޮވީގެ ހޮޅިތަކުން، ވިއްސާރަ މޫސުމުގައި މަގުތަކަށް ފެންފޭބުމުގެ ސަބަބުން، މަގުތަކުގައި ފެންބޮޑުވެ، ހިނގާބިނގާވެ އުޅޭ ފަރާތްތަކަށާއި، ދުއްވާ އެއްޗެއްސަށް ދަތިތަކާ ކުރިމަތިލާން ޖެހުމުން، އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. މިކަމާ ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ...