ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން ނުކުންނާނެ ގޯސް ނަތީޖާއެއް ނުފެނޭ: ރިޔާޒް
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން ނުކުންނާނެ ގޯސް ނަތީޖާއެއް ނުފެންނަކަމަށް ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ޚާއްޞަ އެޑްވައިޒަރ ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ. ރިޔާޒު މިފަދައިން ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުން ހޭލުންތެރިކުރުވުމަށް ދައުލަތުގެ މީޑިއާއިން ކުރީގެ މަޖިލިސް މެމްބަރުންނާއެކު ގެނެސްދޭ “ހޭލުން” ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ދެ...