''ހުއްދަނެތި ވަދެއްޖެނަމަ އަންދާލާނަން''، ހޮރްމުޒް ބަންދުކޮށް އީރާނުން ވަރުގަދަ އިންޒާރެއް!
ހޮރްމުޒް ކަނޑުއޮޅި އެއްކޮށް ބަންދުކޮށްފައިވާ ކަމަށާއި، ހުއްދަނެތި އެ ސަރަހައްދަށް ވަންނަން މަސައްކަތްކުރާ ކަނޑު އުޅަނދުފަހަރަށް ހަމަލާދީ އަންދާލާނެ ކަމަށް ބުނެ އީރާނުން ވަރުގަދަ އިންޒާރެއް ދީފިއެވެ. އީރާނުގެ އަސްކަރިއްޔާއިން ހާމަކުރި ގޮތުގައި، ކަނޑައެޅިފައިވާ މަނާ ސަރަހައްދުތަކުން ދަތުރުކުރަން އުޅޭ އަދި އީރާނުގެ އެންގުންތަކާ ހިލާފުވާ އުޅަނދުފަހަރަކީ އަސްކަރީ ގޮތުން ހަމަލާދީ ނައްތާލެވޭނެ އަމާޒުތަކެކެވެ. އީރާނުގެ އަސްކަރިއްޔާގެ ޑެޕިއުޓީ ޗީފް ފޯ ކޯޑިނޭޝަން ހަބީބުއްލާ ސައްޔާރީ ބުރާސްފަތި ދުވަހު އަސް...