ހިޓްލަރުގެ މަޝްހޫރު 'އީގަލްސް ނެސްޓް' ގައި އަލިފާން ރޯވެއްޖެ، ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
ޖަރުމަނުވިލާތުގެ ކުރީގެ ނާޒީ ލީޑަރު އަޑޮލްފް ހިޓްލަރު އަލްޕްސް ފަރުބަދަމަތީގައި ބޭނުންކުރި ރިޓްރީޓް، “ކެލްސްޓައިންހައުސް” ނުވަތަ އާންމު ނަމުން ނަމަ “އީގަލްސް ނެސްޓް” ގައި އަލިފާން ރޯވެ އަނދަމުންދަނިކޮށް، އެ މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ ޖަރުމަނުގެ ދެކުނުގައި އޮންނަ ބަވޭރިއާ ސްޓޭޓުގައެވެ. ޓްރައުންސްޓައިންގެ ކަމާބެހޭ ފަރާތްތަކަށް މި އިމާރާތުގައި އަލިފާން ރޯވެގެން ރިޕޯޓު ލިބިފައިވަނީ ހުކުރު ދުވަހުގެ ރޭ ލޯކަލް ގަޑިން 21:15 (ޖީއެމްޓީން 19:15) ގައެވެ. އަލ...