ސަލާޙު ނެގި އެންމެ ފޮޓޯއަކުން ތުރުކީގެ ''ހިލަގަނޑެއް'' މަޝްހޫރު ފަތުރުވެރި މަންޒިލަކަށް، ތުރުކީ މީހުން އުތުރިއަރަނީ
ތުރުކީގެ ކުލަބު ޓްރެބްޒަންސްޕޯރަށް ކުޅެމުންއަންނަ މިޞްރުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުޙައްމަދު ސަލާޙު، އެ ޤައުމުގެ ޓްރެބްޒަން ސަރަޙައްދުގެ ހިލަގަނޑެއްގެ މަތީގައި އިށީންދެ އިނދެގެން ނެގި އެންމެ ފޮޓޯއަކާއެކު، އެ ސަރަޙައްދު މަޝްހޫރު ފަތުރުވެރި މަންޒިލަކަށް ބަދަލުވެއްޖެއެވެ. ސަލާޙު އިށީން ހިލަގަނޑު ހޯދައި، އެ ތަނުގައި އިށީންނައިގެން ފޮޓޯ ނެގުމަށް ގިނަ އަދަދެއްގެ އާންމުންނާއި ސަޕޯޓަރުން އަންނަނީ އެ ސަރަޙައްދަށް އުތުރިއަރަމުންނެވެ. ސަލާޙު ފޮޓޯ ނަގާފައިވަނީ ތުރުކީގެ ކަޅުކަނޑުގެ އައްސޭރިފަށުގައިވާ...