ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެއްޖެއެވެ.

ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ތަކެތި އަތުލައިގަތީ މި މަހުގެ 25 ވަނަ ދުވަހު ކަމަށެވ. އެ ތަކެތި ފެނުނީ ޖަރުމަނުން ރާއްޖެ ގެނައި ޕެކޭޖެެގެ ތެރެއިން ކަމަށާއި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ހަތަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ.

Ad
rt

ކަސްޓަމްސްއިން ބުނިގޮތުގައި އެޕެކެޓުތައް ޓެސްޓުކުރި އިރު އޭގެ ތެރެއިން 2 ޕެކެޓުގައި މަސްތުވާތަކެތި ހުރިކަން ވަނީ ކަށަވަރުވެފައެވެ. އެގޮތުން އެ ދެ ޕެކެޓުގައި ކެޓަމިން އަދި ކޮކެއިން ހުރި ކަމަށް ބުނެއެވެ.

އެ މަސްތުވާތަކެތީގައި 1 ކިލޯއަށް ވުރެ ގިނައިން ހުރި ކަމަށާއި، އެއީ ބާޒާރުމަތީ އަގުން 5 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ކަމަށް ވެސް ބުނެއެވެ.

ކަސްޓަމްސްއިން ބުނީ މި މައްސަލާގައި ޝާމިލްވާ މީހަކާއި، މަސްތުވާތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅޭ ތަފްސީލުތައް ދިނުމަށް ފުލުހުން މީގެ ކުރިން ބޭއްވި ސެޝަންތަކެއްގައި ވެސް ބުނިގޮތުން ރާއްޖެއަށް އެންމެ ގިނައިން މަސްތުވާތަކެތި އެތެރެކުރަނީ ޕޯސްޓުމެދުވެރިކޮށެވެ.