ގައުމީ ބޭންކް، ބީއެމްއެލް އިން ށ. މާއުނގޫދޫއަށް 25 ސޯލާ ބައްތި ހަދިޔާ ކޮށްފިއެވެ.

މާއުނގޫދޫގެ ބައެއް މަގު ބައްތިތައް ސޯލާ ބައްތިއަށް ބަދަލުކޮށްފައިވަނީ، ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ 'ބީއެމްއެލް ކޮމިއުނިޓީ ފަންޑު' ގެ ދަށުންނެވެ.

Ad
rt

އެ ޕްރޮޖެކްޓު ހިންގާފައި ވަނީ ސޮސައިޓީ ފޯ މާއުނގޫދޫ ޔޫތު ލިންކޭޖުންނެވެ.

މި ޕްރޮޖެކްޓަކީ މީގެ ކުރިން މަގުތަކުގައި އަލިކަން ނެތި ރައްޔިތުން ބޮޑެތި ދަތިތަކެއް ތަހައްމަލު ކޮށްފައިވާތީ ކުރިއަށްގެންދިޔަ ޕްރޮޖެކްޓެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

މި ޕްރޮޖެކްޓުގެ ދަށުން މާއުނގޫދޫގައި މީހުން އާބާދުވަމުން އަންނަ ސަރަހައްދާއި އިތުރު މަގުތައް ހިމެނޭހެން 25 މަގު ބައްތިއެއް އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ ބައްތިއަށް ވަނީ ބަދަލުކޮށްފައެވެ.

ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ތައާރަފްކުރި ފަންޑެކެވެ.