އުރީދޫގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ހިދުމަތްދެމުން އަންނަ ކްލަބް ޕްރިމިއާ ލައުންޖު، އަޕްގްރޭޑްކޮށް ރަސްމީގޮތުން މިއަދު ހުޅުވައިފިއެވެ.
އުރީދޫއިން ކްލަބް ޕްރިމިއާ ޕްރޮގްރާމް ތައާރަފް ކުރުނާއެކު އެ ކުންފުނީގެ ޕްރިމިއާ ކަސްޓަމަރުންނަށް ދޭ ހިުދމަތް އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތް ކޮށްފައިވެއެެވެ. އެހެންކަމުން، ކްލަބް ޕްރިމިއާ ލައުންޖަށް އަލަށް ގެނެވުނު އަޕްގްރޭޑާއެކު، އުރީދޫގެ އެ ކަސްޓަމަރުންނަށް ހިތްގައިމު މާހައުލެއްގައި، ބޭނުންތަކާއި އެއްގޮތައް ހާއްސަކޮށް ފަރުމާކުރެވިފައިވާ ހިދުމަތްތަކާއެކު ހިތްހަމަޖެހޭ ހިދުމަތުގެ ތަޖުރިބާއެއް ލިބިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.
މިއަދު ބޭއްވި ރަސްމިއޔާތެއްގައި އުރީދޫގެ ކްލަބް ޕްރޮމިއާ ލައުންޖް ހުޅުއްވައިދެއްވީ އެންވަޔަރަމަންޓް، ކަލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާއެވެ. އެ ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ހަމާދީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
Delighted to announce that the upgraded #OoredooClubPremier Lounge - our dedicated service lounge for Club Premier members is now open. Thank you Hon. Minister of @MoEnvmv, @anuasha for officially inaugurating our premium lounge.#UpgradeYourWorld pic.twitter.com/IROiSMUoVn
— Ooredoo Maldives (@OoredooMaldives) August 11, 2022
އުރީދޫ އެކްސްޕީރިއަންސް ސެންޓަރުން ލިބޭ ހުރިހާ ޚިދުމަތްތަކުގެ އިތުރުން، ކްލަބް ޕްރިމިއާ ލައުންޖުން އިތުރު ތަޖުރިބާތަކެއް ކުރެވިގެންދާނެއެވެ. މިގޮތުން، ސްމާޓް އެކްސެސް މެދުވެރިކޮށް، މެމްބަޝިޕް ކާޑު ބޭނުންކޮށްގެން ކްލަބް ޕްރިމިއާ ލައުންޖަށް ވަދެވަޑައި ގަނެވޭނެއެވެ. އަދި ލައުންޖަށް ވެންނެވުމާއިއެކު، ވަރަށް ހިތްގައިމު މާހައުލެއްގައި، އުރީދޫގެ ޕްރީމިއަމް ކަސްޓަމަރުންނަށް ބޭނުންވާ ހިދުމަތް ފަސޭހަކަމާއި އެކު ފޯރުކޮށްދެވޭނެއެވެ.
މީގެ އިތުރުން ޑިޖިޓަލް ފޯމުތައް މެދުވެރިކޮށް، އުރީދޫގެ ކޮންމެ ޚިދުމަތެއްވެސް ފަސޭހަކަމާއި އެކު ޚިޔާރު ކުރެއްވޭނެއެވެ.
މިނިސްޓަރު ޝައުނާ ވިދާޅުވީ ލައުންޖުގެ ހިތްގައިމު މާހައުލާއި އަދި ޚިދުމަތްތަކުގެ ސަބަބުން އުރީދޫގެ ޕްރިމިއަމް ކަސްޓަމަރުންގެ ތަޖުރިބާއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަން ޔަގީންވާ ކަމަށެވެ.
"މި އުފާވެރި މުނާސަބަތު ފާހަގަކުރަމުންދާއިރު، އުރީދޫގެ އާ ކެމްޕޭން "އަޕްގްރޭޑް ޔޯ ވޯލްޑް" އަކީ، އުރީދޫއިން ކަސްޓަމަރުންނަށް ފޯރުކޮށްދޭ އީޖާދީ ޚިދުމަތްތަކާއި، ރާއްޖެއަށް ގެނެސްދޭ ޓެކްނޮލޮޖީއާއި، މި ބްރޭންޑާއެކު ކަސްޓަމަރުންނަށް ލިބިފައިވާ ތަޖުރިބާތައް، މެދުކެނޑުމެއްނެތި އަޕްގްރޭޑް ކުރުމަށް މި ޓީމުން ކުރަމުންދާ މަސައްކަތްތަކާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކެމްޕެއިނެއް. މި ފުރުސަތުގައި އުރީދޫ ޓީމަށް މަރުހަބާ ދަންނަވާ އިތުރު ކުރިއެރުމަށް އެދެން" ޝައުނާ ވިދާޅުވިއެވެ.
ޙާލިދު ވިދާޅުވީ އެ ކުންފުނީގެ “އަޕްގްރޭޑް ޔޯ ވޯލްޑް” އިން ރަމްޒުކޮށްދެނީ ރައްޔިތުންގެ ދިރިއުޅުން މުއްސަނދިކުރުމަށް އަޅުގަނޑުމެން ދޭ ހާއްސަ އަހައްމިއްޔަތުކަން ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ކަސްޓަމަރުންގެ ތަޖުރިބާ އަށް އިންޤިލާބީ ބަދަލެއް ގެނެސް، އަޅުގަނޑުމެންގެ ކްލަބް ޕްރިމިއަރ މެމްބަރުންނަށް ހިތްފަސޭހަ މާހައުލެއް ހޯދައިދިނުން. އަޅުގަނޑުމެންގެ ކަސްޓަމަ އެކްސްޕީރިއަންސް އިތުރު ހަރުފަތަކަށް ގެންދިއުމުގެ އަޅުގަނޑުމެންގެ ޓީމުން އޮތީ ވަރުގަދަ އަޒުމެއްގައި." އޭނާ ވިދާޅުވިއެވެ.
ކްލަބް ޕްރިމިއަރ ޚިދުމަތް އުރީދޫއިން ތައާރަފްކުރީއްސުރެ، މި ޚިދުމަތް ފުޅާކޮށް ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް އަބަދުވެސް ކުރަމުންދެއެވެ. އެގޮތުން ފަހުގެ އާ ބްރޭންޑްތަކާއި ޕާޓްނާވެ ހާއްސަ ޑިސްކައުންޓްތައް ފޯރުކޮށްދެއެވެ.
ރާއްޖޭގެ ބްރޭންޑްތަކަށް ބަލާއިރު ނަދާ ސެލޫން އެންޑް އެއިސްތެޓިކްސް، ބްރޭންޑްލޫމް، ކޮފީ ލެބް މޯލްޑިވްސް، ސޮނީ ލައިފްސްޓައިލް، ކައިލާންގެ އިތުރުން އެހެނިހެން މަގްބޫލް ބްރޭންޑްތަކުން 20 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބެއެވެ.
މީގެ އިތުރުން، ގޯލްޑް އަދި ޕްލެޓިނަމް މެމްބަރުންނަށް އެއާޕޯޓް ލައުންޖް އެކްސެސް ފޯރުކޮށްދޭ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ބްރޭންޑް ކަމުގައިވާ ޕްރައޯރިޓީ ޕާސް ގެ މެމްބަރަކަށް ވުމުގެ ފުރުސަތުވެސް ހުޅުވިގެންދާނެއެވެ. ޕްރައޯރިޓީ ޕާސް މެމްބަޝިޕްއާއި އެކު އިކޮނޮމީ ކްލާސް ނުވަތަ ޕްރީމިއަމް އިކޮނޮމީ ކްލާސް ޓިކެޓަކާއެކުވެސް މި ލައުންޖްތަކުން ޚިދުމަތް ހޯދޭނެއެވެ.
ހ.މާދޫގައި ހުޅުވިފައިވާ އުރީދޫ ކްލަބް ޕްރިމިއާ ލައުންޖުން، ހޮނިހިރު ދުވަހާއި ބުރާސްފަތި ދުވަހާއި ދެމެދު، ހެނދުނު 9:00 އިން ފެށިގެން، ރޭގަނޑު 10:00 ނިޔަލަށް ހިދުމަތް ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!