ނ. ތޮޅެންދޫ ކުއްޔަށް ދިނުން ކޯޓުން ހުއްޓުވި މައްސަލަ ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

މީގެކުރިން މީހުން ދިރިއުޅުނު އަދި މިހާރު ފަޅު ރަށެއްގެ ގޮތުގައި އޮތް ތޮޅެންދޫ ކުއްޔަށް ދޭން ސަރުކާރުން ނިންމާފައި ވަނިކޮށް އެކަމާ ދެކޮޅަށް ނ. އަތޮޅު ކައުންސިލުން ކޯޓަށް މައްސަލަ ހުށަހަޅާފައިވާތީ އެރަށް ކުއްޔަށް ދިނުން މަޑުޖައްސާލަން ސިވިލް ކޯޓުން އޮތީ އަމުރުކޮށްފަ އެވެ.

Ad
rt

އެ އަމުރަށް ހައި ކޯޓުން މިމަހު މަހު ތާއީދުކުރި އެވެ.

އެ މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުން މިހާރު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.

ސަރުކާރުން ނިންމާފައި އޮތީ ދަނޑުވެރިކަމުގެ ބޭނުމަށް އަމިއްލަ ބަޔަކަށް އެތަން 21 އަހަރަށް ކުއްޔަށް ދިނުމަށެވެ. އެކަމަކު ނ. އަތޮޅު ކައުންސިލުން ދެކޮޅެވެ. އަދި އެކަމާ ދެކޮޅަށް ގަރާރެއް ވެސް ކައުންސިލުން ފާސްކުރި އެވެ.