ޕްލާސްޓިކް ބޭނުން ކުރާ މިންވަރު މަދު ކުރަން އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ކޮތަޅަށް އަގެއް ނަގަން ނިންމައިފިއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ކުރި ޓްރީޓެއްގައި ބުނެފައިވާ ގޮތުގައި އެ ފޮހާރައިން ވިޔަފާރި ކުރުމަށް “ޓޯޓް” ބޭގް ގެނައުމަކީ އެދޭ ކަމެއް ކަމަށެވެ. އަދި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރުމަށް ވިޔަފާރި ކުރަން ދާއިރު ތިމާވެއްޓާ ރައްޓެހި ކޮތަޅެއް ގެންދަން އާދަ ކުރުމަށްވެސް ވަނީ އެދިފައެވެ.

Ad
rt

އެ ފިހާރައިން ވިޔަފާރި ކުރުމުން އެ ތަކެތި އަަޅަން ޕްލާސްޓިކް ކޮތަޅާއި ކަރުދާސް ކޮތަޅު މިހާރު ހިލޭ ލިބެއެވެ. އެހެންނަމަވެސް ޕްލާސްޓިކް ކޮތަޅަކަށް 2.5 ރުފިޔާ އަދި ކަރުދާސް ކޮތަޅަކަށް 2 ރުފިޔާ ނަގަން މިހާރު ވަނީ ނިންމާފައެވެ.

މި ނިންމުމާ އެއްގޮތަށް އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ކޮތަޅަށް އަގު ނަގާނީ މި މަހުގެ 17 ވަނަ ދުވަހުން ފެށިގެންނެވެ.

ތިމާވެއްޓާ ރައްޓެހި އާދަކާދަ އިތުރު ކުރުމަށް ސަރުކާރުގެ އެކި ކުންފުނިތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެސްޓީއޯއިން ވަނީ އެ ކުންފުނީގެ އޮފީސްތަކުގައި ކަރުދާސް ބޭނުން ކުރާ އަދަދު ވެސް ވަރަށް ބޮޑަށް މިހާރު މަދުކޮށްފައެވެ.