ކ. ގުޅީގައި ސްޓެލްކޯއިން ދެމުން އަންނަ ފެނުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެރަށަށް 50 ޓަނުގެ އާރުއޯ ޕްލާންޓެއް ގެންގޮސްފިއެވެ.

ސްޓެލްކޯއިން ކުރި ޓުވީޓެއްގައި ބުނީ، އެ ރަށުގެ ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް އެކުންފުނިން ފެބްރުއަރީ މަހު ހަވާލުވި އިރު، އެރަށުގައި ބެހެއްޓިފައިވާ 40 ޓަނުގެ ދެ އާރުއޯ ޕްލާންޓުން ރަށަށް ބޭނުންވާ ވަރަށް ފެން އުފައްދާ ފޯރުކޮށްދިނުމަށް ދަތިތަކެއް ދިމާވި ކަމަށެވެ. އެހެންވެ އެ ހިދުމަތް ރަނގަޅު ކުރަން އިތުރު 50 ޓަނުގެ އާރުއޯ ޕްލާންޓެއް ގެންދިޔައީ ކަމަށް އެ ކުންފުނިން ބުންޏެވެ.

Ad
rt

އަންނަ ހަފުތާގެ ތެރޭގައި އެ ޕްލާންޓް ކޮމިޝަންކޮށް ބޭނުންކުރަން ފެށޭނެ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

ގުޅީގައި ސްޓެލްކޯއިން ފެނާއި ނަރުދަމާގެ ހިދުމަތް ދޭން ފަށާފައިވަނީ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުއެވެ.

ސްޓެލްކޯއިން އަންނަނީ އެކި ރަށްރަށުގައި ޔުޓިލިޓީގެ ހިދުމަތްތައް ފޯރުކޮށްދެމުންނެވެ. އެގޮތުން ދާދި ފަހުން އެ ކުންފުނިން ވަނީ ކ. މާފުށީގައި ކުނި މެނޭޖް ކުރުމުގެ ހިދުމަތް ފަށައިފައެވެ.

މި ހިދުމަތާއެކު އެ ކުންފުނިން ވެފައިވަނީ ޔުޓިލިޓީގެ ހުރިހާ ޚިދުމަތެއް ދޭ ރާއްޖޭގެ ފުރަތަމަ ކުންފުންޏަށެވެ.