ކުޅިވަރުގެ މައިދާނުގައި ސިފައިންގެ ތަމްސީލްކުރުމަށް، އެމްއެންޑީއެފް ކުޅިވަރު އެމްބެސެޑަރ އަކަށް އަލްފާޞިލް އަސްޢަދު ޢަބްދުލްޣަނީ ހަމަޖައްސަވައިފިއެވެ.
މި މަޤާމަށް އަލްފާޞިލް އަސްޢަދު ޢަބްދުލްޣަނީ ހަމަޖައްސަވައި އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ މިރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި އެމްއެންޑީއެފް ފްޓްސަލް ޗެލެންޖްގެ ނިންމުމުގެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.
އެމްއެންޑީއެފް ކުޅިވަރު އެމްބެސެޑަރގެ ގޮތުގައި ދިވެހި ކުޅިވަރުގެ މައިދާނުގައި ސިފައިން ޕްރޮމޯޓްކޮށް، ސިފައިންނަށް ރީތި ނަން ހޯދައިދީ ދިވެހި ސިފައިންގެ މެދުގައި ކުޅިވަރުގެ ރޫޚް އާލާކޮށް ދިރުވުމުގެ މަސައްކަތުގައި އަލްފާޞިލް އަސްޢަދު ޢަބްދުލްޣަނީ 2 އަހަރު ދުވަހަށް މަސައްކަތް ކުރައްވާގޮތައް ވަނީ ހަމަޖެހިފައެވެ.
އަލްފާޞިލް އަސްޢަދު ޢަބްދުލްޣަނީ އަކީ ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަން އަދާކޮށްފައިވާ ދިވެހި ކުޅިވަރުގައި ކާމިޔާބު އަދި ދިވެހި ރައްޔިތުން އެބޭކަލެއްގެ ކާމިޔާބީއަށް ފަޚުރުވެރިވާ ބޭކަލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!