ލ.މާމެންދޫގައި މީހުން ދިރިއުޅޭ ސަރައްހައްދުގައި ހުރި އިންޖީނުގެ ނިއްވާލައި އާ އިންޖީނުގެއިން ޚިދުމަތް ދޭން ފަށައިފިއެވެ.

މި އިންޖީނުގެއިން ހިދުމަތް ދޭން ފެށުމާއެކު އެރަށުގައި ހުރި 35 އަހަރުވީ އިންޖީނުގޭގެ ޖަނަރޭޓަރު ވަނީ ނިއްވާލާފައެވެ. އެ އިންޖީނުގެ އަކީ އާއްމުން ދިރިއުޅޭ ގެތައް ހުންނަ ސަރަޙައްދުގައި ހުންނަ އިންޖީނުގެއެކެވެ.

Ad
rt

އާ އިންޖީނުގެއަކީ ޖާގައިގެ ގޮތުންވެސް ބޮޑު ތަނެއް ކަމަށް ފެނަކައިން ވަނީ ބުނެފައެވެ. އެގޮތުން އާ އިންޖީނުގެގޭގައި 25 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެއެވެ.

އާ އިންޖީނު ގޭގައި ކޮންޓްރޯލް ރޫމަކާއި ޕޭންޓްރީ އަކާއި އިންޖީން ރޫމާއި ވޯރކްޝޮޕާއި ސްޓޯރ ރޫމާއި ޗިމްނީތަކެއް ހުންނައިރު އޮފީސް އިމާރާތުގައި އެޑްމިން ބަޔަކާއި، މީޓިންގް ރޫމާއި ރެސްޓް ރޫމާއި ޕޭންޓްރީއާއި މެނޭޖަ ރޫމާއި ސްޓޮރޭޖް ރޫމެއް ވަނީ ހަދައިފައެވެ.

މި އިންޖީނުގެއަކީ ޒަމާނީ ބަދަލުތަކާއެކު ހުޅުވުނު އިންޖީނުގެއެއް ކަމަށް ފެނަކައިން ބުންޏެވެ.