މުދާ އަރުވައިގެން ދަތުރުކުރާ އުޅަނދުތަކުން ވައްކަންކުރާތީ ސަމާލުވުމަށް ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މުދާ އަރުވައިގެން ދަތުރުކުރާ ޕިކަޕު އަދި ލޮރީ ފަދަ އުޅަނދުތަކުން ވައްކަން ކުރަމުންދާކަމުގެ މައްސަލަ ފުލުހުންނަށް ހުށަހެޅެމުންދާ ކަމަށެވެ.
މިގޮތުން މުދާ އަރުވައިގެން ދަތުރުކުރަމުންދާ ޕިކަޕު ނުވަތަ ލޮރީ މަގުމަތީގައި މަޑުކޮށްގެން އޮންނައިރު އެ އުޅަނދުތަކުގައި ހުންނަ މުދާ ވަގަށްނަގަމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
''އެންމެ ފަހުން ރިޕޯޓުކޮށްފައިވާ މިފަދަ މައްސަލައަށް ބަލާއިރު، ވަގަށް ނަގާފައިވަނި ސިނގިރެޓް ކޭސްތަކެއް ކަން ފާހަގަކުރެވިފައިވެއެވެ.'' ފުލުހުން ވިދާޅުވެފަވެއެވެ.
އެހެންކަމުން، މުދާ އަރުވައިގެން ދަތުރުކުރާ ފަރާތްތަކުން މިފަދަ ކަންކަމަށް ސަމާލުކަންދެއްވައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!