ހދ. ނޭކުރެންދޫ ގައި ގާއިމުކުރާ ފެރީ ސްޓޮޕް މަސައްކަތުގެ ތެރޭގައި ހިމެނޭ ފެރީ ހަޓްގެ މަސައްކަތްތައް ނިންމާލައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހަދާފައިވާ މި ފެރީ ސްޓޮޕަކީ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ އާރްޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން 1 ގެ ދަށުން ޤާއިމުކުރެވޭ ފެރީސްޓޮޕެކެވެ.

Ad
rt

މި މަޝްރޫއުގެ މަސައްކަތްތައް ފަށާފައިވަނީ ހއ. ހދ. އަތޮޅުގައެވެ.

މި ފެރީ ސްޓޮޕްގައި ކިއޮސްކް އަކާއި، ވެއިޓިންގް އޭރިއާއަކާއި އަންހެނުންނާއި ފިރިހެނުންނަށް ވަކިން ފާޙާނާ ހިމެނޭނެއެވެ.

އާރްޓީއެލްގެ ދަތުރުތައް ހއ. ގައި ވަނީ ފަށައިފައެވެ. މި މަޝްރޫއުގެ ދަށުން މުޅި ރާއްޖެ ފެރީ ނެޓްވޯކަކުން ގުޅާލާނެއެވެ.