އިއްޔެ ފަށާފައިވާ އޯލެވެލް އިމްތިހާން ނިމެންދެން ކޮންމެ ހުކުރު ދުވަހަކު ވިލިމާލެއާ މާލެއާ ދެމެދު އިތުރު ފެރީއެއް ބާއްވަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ.

އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނީ އެ ފެރީ އަކީ ވިލިމާލޭގަަި ދިރިއުޅޭ ދަރިވަރުން އޯލެވެލް އިމްތިހާނުގައި ބައިވެރިވާން މާލެ އައުމަށް ބާއްވާ ފެރީއެކެވެ. އެ ފެރީ އޮންނާނީ ކޮންމެ ހުކުރު ދުވަހެއްގެ މެންދުރު 1:10ގައެވެ.

Ad
rt

މި ބަދަލާ އެއްގޮތަށް އޯލެވެލް އިމްތިހާން ނިމެންދެން އެމްޓީސީސީ އިން އަމަލު ކުރާނެއެވެ.

ރާއްޖޭގައި އިއްޔެ ފެށި އޯލެވެލް އިމްތިހާން ނިމޭނީ އަންނަ މަހުގެ 24 ގައެވެ.