އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ)އާއި، އޭނާގެ ހިންގާލަން ޓީމަށް މަކުނުދޫ ދާއިރާގެ ރަށްތަކުން ހޫނު ތަރުހީބެއް ލިބިއްޖެއެވެ.
ފައްޔާއާއި، އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް ވާދަ ކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރުން ރޮޒައިނާ އާދަމް ހިމެނޭ ހިންގާލަން ޓީމް މިއަދު ވަނީ ކެމްޕެއިންނަށް އުތުރުގެ ބައެއް ރަށްރަށަށް ކުރާ ދަތުރެއް ފަށާފައެވެ.
މި ޓީމް މިއަދު މަކުނުދޫ ދާއިރާގައި ހިމެނޭ ތިން ރަށަށް ވެސް ޒިޔާރަތްކޮށްފައިވާއިރު އެ ރަށްތަކުން ވަނީ މި ޓީމަށް ވަރަށް ހޫނު ތަރުހީބެއްދީފައެވެ.
ހިންގާލަން ކެމްޕެއިނަށް ކުމުންދޫ ވަރަށް ފޯރިއާއެކު ނުކުމެ ފަޔާ ރޮޒޭއަށް ހޫނު މަރުހަބާއެއް ދަންނަވައިފި.#MDPhingaalan pic.twitter.com/T3HOxhsEzX
— Maimoon (@mrsays_) May 2, 2022
މިގޮތުން މަކުނުދޫ ދާއިރާގެ މަކުނުދޫ، ކުމުންދޫ އަދި ނޭކުރެންދޫއަށް މި ޓީމްތައް ފޯރިއިރު އެ ކޮންމެ ރަށެއްގެ ބަނދަރު ސަރަޙައްދުގައި މިޓީމަށް މަރުޙަބާ ކިޔުމަށް ގިނަ އަދަދެއްގެ އެމްޑީޕީގެ މެންބަރުން ނުކުމެތިއްބެވެ.
ފައްޔާއާއި ޓީމަށް މިއަދު ކުޅުދުއްފުށީ ސިޓީން ވެސް ހޫނު މަރުޙަބާއެއް ކިޔާފައިވާއިރު، އެ ޓީމްގެ ކެމްޕެއިންގެ ހަރަކާތްތައް މިރޭ އެ ސިޓީގައި ކުރިއަށް ގެންދިޔުމަށް ވަނީ ރާވާފައިއެވެ.
ހިންގާލަން ކެމްޕެއިން - ހދ.މަކުނުދޫ#MDPhingaalan pic.twitter.com/AlvSrNun9e
— MDP Hingaalan (@MdpHingaalan) May 2, 2022
ފައްޔާޒު މާދަމާއާއި އަނެއްދުވަހު ވަޑައިގަންނަވާނީ ރ. އަތޮޅާއި، ޅ. އަތޮޅުގެ ބައެއް ރަށްރަށަށެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ފޯރި މެކުހަށް ޖަހާފައިވާއިރު، އެ އިންތިޚާބުގެ ވޯޓު ނެގުން އޮންނާނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!