ފިތުރު ޒަަކާތުގެ ގޮތުގައި ރޯދަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ބަލައިގެންފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން އިއްޔެ ބުނީ ރޯދަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ދައްކާފައިވަނީ 107,132 މީހުން ކަމަށެވެ. އެ އަދަދު 5.6 މިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް ވަނީ ބުނެފައެވެ.

Ad
rt

މިދިޔަ އަހަރު ވެސް މި މުއްދަތުގައި 5.6 މިލިއަން ރުފިޔާ ޒަކާތުގެ ގޮތުގައި ބަލައިގަތެވެ. ނަމަވެސް މިދިޔަ އަހަރު އެ މުއްދަތުގެ ތެރޭގައި ޒަކާތް ދައްކާފައިވަނީ 135،743 މީހުންނެވެ.

ފިތުރު ޒަކާތް ދެއްކުމުގެ މުއްދަތު އިއްޔެ ހަމަވެފައިވާއިރު ބަހަން ފަށާނީ މިއަދުން ފެށިގެންނެވެ. ފިތުރު ޒަކާތް ދޭނީ ފަގީރުންގެ ލިސްޓުގައި ހިމެނޭ މީހުންނަށެވެ. މިއަހަރުގެ ފަގީރުންގެ ލިސްޓުގައި 8984 މީހުން ހިމެނެއެވެ.