އާދީއްތަ ދުވަހު ކުޅުނު މެޗުން ރެލިގޭޝަން ގައި އޮތް އެވަޓަން އަތުން ޗެލްސީ ބަލި ވެއްޖެއެވެ. މި މެޗުން ޗެލްސީ ބަލިވީ 1-0 ގެ ނަތީޖާއިންނެވެ.

މި މެޗުގައި ގޯލާ އަމާޒުކޮށް ޗެލްސީއަށް ފޮނުވާލެވުނީ 4 ހަމަލާއެވެ. އެވަޓަންއަށް ފޮނުވާލެވުނީ 3 ހަމަލާއެވެ. މެޗުގައި ފެނުނު ހަމަ އެކަނި ގޯލް ދެވަނަ ހާފްގެ ފުރަތަމަ މިނެޓްގައި ރިޗާލިސަން ކާމިޔާބް ކޮށްދިނީ ޑިމާރީ ގްރޭގެ އެހީތެރިކަމާއެކު ގައެވެ.

Ad
rt

ޗެލްސީ 3 ވަނައިގައި އޮތީ 34 މެޗުން 66 ޕޮއިންޓް ހޯދައިގެންނެވެ. އެވަޓަން 33 މެޗުން ލިބުނު 32 ޕޮއިންޓާއެކު އޮތީ ތާވަލްގެ 18 ވަނައިގައެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އަމިއްލަ ދަނޑުގައި ޓްޓެންހަމް ވަނީ 3-1 ގެ ނަތީޖާއިން ލެސްޓާ ސިޓީ ބަލިކޮށްފައެވެ. މި މެޗުގެ ގޯލްތަށް ޖަހައިދިނީ ސޮން އަދި ކޭން އެވެ. މީގެތެރެއިން ސޮން ވަނީ ދެ ގޯލް ޖަހާފައެވެ. ސޮން ގެ ދެގޯލް ވެސް ޖަހާފައިވަނީ ކުލުސެވެސްކީ ގެ އެހީތެރިކަމާއެކުގައެވެ. ފުރަތަމަ ގޯލް 60 ވަނަ މިނެޓްގައި ޖެހިއިރު ދެވަނަ ގޯލް ޖަހާފައި ވަނީ 79 ވަނަ މިނެޓްގައެވެ. ކޭން ގޯލް ޖަހާފައިވަނީ ސޮން ގެ އެހީތެރިކަމާއެކު 22 ވަނަ މިނެޓްގައެވެ.

މި ނަތީޖާއާއި އެކު ޓޮޓެންހަމް ތާވަލްގެ ފަސް ވަނައިގައި އޮތީ 34 މެޗުން ހޯދި 61 ޕޮއިންޓާއެކުގައެވެ. މެޗުން ބަލިވި ލެސްޓާސިޓީ އޮތީ 33 މެޗުން ހޯދި 42 ޕޮއިންޓާއެކު ތާވަލްގެ 11 ވަނައިގައެވެ.

އާސެނަލް ވަނީ 2-1 ގެ ނަތީޖާއިން ވެސްޓްހަމް ބަލިކޮށް ތާވަލްގެ 4 ވަނަ މަގާމް ދަމަހައްޓާފައެވެ. ސަކާގެ އެހީތެރިކަމާއެކު ރޮބް ހޯލްޑިން މެޗުގެ ފުރަތަމަ ގޯލް ޖަހާފައިވަނީ 38 ވަނަ މިނެޓްގައެވެ. 45 ވަނަ މިނެޓްގައި ޖެރޮޑް ބޮވެން ލަނޑެއްޖަހާ ވެސްޓް ހަމްއަށް ނަތީޖާ ހަމަ ހަމަ ކޮށްދިނީ ކޫފުގެ އެހީތެރިކަމާއެކުގައެވެ. ދެވަނަ ފަހަރަށް ލީޑް ނަގާ އާސެންލް 3 ޕޮއިންޓް ކަށަވަރުކުރި ގޯލް މެޗުގެ 54 ވަނަ މިނެޓްގައި މެގަލްހީޒް ކާމިޔާބް ކޮށްދިނީ މާޓިނެލީގެ އެހީތެރިކަމާއެކުގައެވެ.

އާސެނަލް ތާވަލްގެ ހަތަރުވަނައިގައި އޮތީ 34 މެޗުން 63 ޕޮއިންޓް ހޯދައިގެންނެވެ. މެޗުން ބަލިވި ވެސްޓްހަމް އޮތީ 35 މެޗުން ލިބުނު 52 ޕޮއިންޓާއެކު ތާވަލްގެ 7 ވަނައިގައެވެ.