ފެނަކަ ކޯޕަރޭޝަނުން މި ރޯދަ މަހު ބޭއްވި އާއިލީ ޤުރުއާން މުބާރާތް ނިންމާލައިފިއެވެ.
އެ މުބާރާތަކީ ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ސަރަހައްދު ތަކަށް ހުޅުވާލައިގެން ފެނަކަ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އާއިލާއަށް ހާއްސަކޮސްގެން ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދުގެ ހާއްސަ އިސްނެންގެވުމަކަށް 2019 ކުންފުނީގެ ރެކްރިއެޝަން ކުލަބް އިން ބާއްވާން ފެށި މުބާރާތެކެވެ. އެ ގޮތުން މި އަހަރު ރަމަޝާން މަހު ވަނީ ރާއްޖޭގެ އިތުރު 2 ސަރަހައްދެއްގަ މުބާރާތް ކުރޮއަށް ގެންގޮސްފައެވެ.
މިއަހަރު މި މުބާރާތް ފެށިގެން ދިޔައީ ށ އަދި ނ އަތޮޅަށް ހާއްސަ ކޮށްގެން ށ.މިލަންދޫގައެވެ. އެއަށްފަހު ގއ އަދި ގދ އަތޮޅަށް ހާއްސަކޮށްގެން ގއ.ވިލިގިނލީގައި މުބާރާތް ބާއްވާފައިވާއިރު މުބާރާތް ނިންމާލުން އޮތީ ރޭ މާލޭގައެވެ.
ރާއްޖޭގެ 3 ސަރަހައްދުގައި ބޭއްވިގެން ދިޔަ 3 މުބާރާތުގައި ފެނަކަ އާއިލާ އަށް ނިސްބަތްވާ ޖުމްލަ 423 ކުދިން ބައިވެރިވިއެވެ.
ފެނަކައިން ވަނީ ކުރީ އަހަރާ ހިލާފަށް މި އަހަރު ބޭއްވުނު މުބާރާތްތަކަށް ފައިސާގެ އިނާމް ވަނީ ބޮޑުކޮށްފައެވެ. އެގޮތުން، މުޅި މުބާރާތުން އެއްވަނައަށަ 15،000ރ. ދެވަނައަށް 10،000ރ. އަދި ތިންވަނައަށް 5،000ރ. ވަނީ ދީފައެވެ.
މުޅި މުބާރާތުން 1 ވަނަ ހޯދާފައިވަނީ އައިމިނަތު އައިނީ އަހުމަދުއެވެ. އަދި 2 ވަނަ އައިޝަތު އީކާ މުޖުތަބާ ހޯދާފައިވާއިރު މުޅި މުބާރާތުން 3 ވަނަ ހޯދާފައިވަނީ ފާތިމަތު ޝައިފާ މުހައްމަދު ސިޔާމްއެވެ.
މީގެ އިތުރުން ކޮންމެ ސަރަހައްދެއްގެ ގޮފިތަކުންވެސް ވަނަތައްް ހޮވައި ސެޓްފިކެޓާއި ޓްރޮފީ ވަނީ ދީފައެވެ.
މި އަހަރު މި ބޭއްވުނު މުބާރާތަށް ވުރެ ފުރިހަމަކޮށް އަންނަ އަހަރު ބާއްވާނެ ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވަނީ އިއުލާން ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!