އިނގިރޭސި ލީގުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ނިއުކާސަލް ބަލިކޮށް ޓޮޓެންހަމް ތާވަލްގެ 4 ވަނައަށް ޖެހިލައިފިއެވެ.

ނިއުކާސަލް ލަނޑެއްޖަހައިފައިވަނިކޮށް ފަހަތުން އަރާ ޓޮޓެންހަމް ވަނީ 5 ލަނޑު ޖަހާފައެވެ. 5-1 ގެ ނަތީޖާއިން ޓޮޓެންހަމް މޮޅުވި މެޗުގެ ފުރަތަމަ ގޯލް ނިއުކާސަލްއިން ޖެހީ މެޗުގެ 39 ވަނަ މިނެޓުގައި ފަބިއަންޝާ އެވެ.

Ad
rt

ފުރަތަމަ ހާފް ނިމުމުގެ ކުރިން ޓޮޓެންހަމް ވަނީ ނަތީޖާ ހަމަ ހަމަ ކޮށްފައެވެ. ސޮން ނަގައިދިން ހުރަސް ބޮލުން ގޯލްތެރެއަށް ބެން ޑޭވިސް ވައްދާލީ 43 ވަނަ މިނެޓުގައެވެ. ދެވަނަ ހާފް ވަރުގަދަކޮށް ފެށި ޓޮޓެންހަމް މެޗުގެ ފުރަތަމަ ފަހަރަށް ލީޑުނެގީ 48 ވަނަ މިނެޓުގައި މެޓް ޑޮކެޓީ ގެ ގޯލުންނެވެ. މީ ކޭން ނަގައިދިން ހުރަހަކުން ބޮލުން ގޯލް ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކުރި ގޯލެކެވެ.

3 ވަނަ ގޯލް މެޗުގެ 54 ވަނަ މިނެޓުގައި ސޮން ކާމިޔާބު ކޮށްދިނީ ކުލުސެވެސްކީގެ އެހީތެރިކަމާއެކުގައެވެ. 63 ވަނަ މިނެޓުގައި އެމަސަން ގެ ގޯލް ކާމިޔާބުކުރިީ މެޓް ޑޮކެޓީގެ އެހީތެރިކަމާއެކުގައެވެ. 5 ވަނަ ގޯލް ނެދަލޭންޑްސްގެ 24 އަހަރު ފޯވާޑް ސްޓީވަން ބާގްވިން ކާމިޔާބު ކޮށްދިނީ ލޫކަސް މޯރާގެ އެހީތެރިކަމާއެކު މެޗުގެ 83 ވަނަ މިނެޓުގައެވެ.

މި ނަތީޖާއާއި އެކު ޓޮޓެންހަމް އަށް ތާވަލްގެ 3 ވަނަ ލިބެނީ 30 މެޗުން ލިބުނު 54 ޕޮއިންޓާއެކުގައެވެ. ތާވަލްގެ 5 ވަނައިގައި އޮތް އާސެނަލް އަށްވެސް 54 ޕޮއިންޓް ލިބޭއިރު، ޓޮޓެންހަމް ވަނީ އާސެނަލްއަށް ވުރެ 2 މެޗު އިތުރަށް ކުޅެފައެވެ.

ރޭގެ މެޗުން ބަލިވި ނިއުކާސަލް ވަނީ ތާވަލްގެ 15 ވަނަ އަށް ވެއްޓިފައެވެ. 30 މެޗުން ނިއުކާސްޓަލްއަށް ލިބެނީ 31 ޕޮއިންޓްއެވެ.

ލީގުގައި ރޭ ކުޅުނު ދެވަނަ މެޗުން 2-1 ގެ ނަތީޖާއިން އެވަޓަން ބަލިކޮށް ވެސްޓްހަމް ވަނީ ތާވަލްގެ ހަވަނައަށް ޖެހިލާފައެވެ. ތާވަލްގެ 7 ވަނައިގައި އޮތް ޔުނައިޓެޑަށް ވުރެ އެއްމެޗް އިތުރަށް ވެސްޓް ހަމް ކުޅެފައިވާއިރު ދެޓީމަށްވެސް ލިބިފައިވަނީ 51 ޕޮއިންޓް އެވެ. ވެސްޓްހަމް 31 މެޗު، ޔުނައިޓެޑް 30 މެޗު ވަނީ ކުޅެފައެވެ. މި މެޗުން ބަލިވި އެވަޓަން އޮތީ 28 މެޗުން ލިބުނު 25 ޕޮއިންޓާއެކު ތާވަލްގެ 17 ވަނައިގައެވެ.