ބ. ދަރަވަންދޫގައި ފެނަކަ ކޯޕަރޭޝަނުން ގާއިމް ކުރި ފެނުގެ ނިޒާމް އިފްތިތާހު ކޮށްފިއެވެ.

އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ނިޒާމް އިފްތިތާހު ކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ އާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު އެވެ.

Ad
rt

މި ހިދުމަތް ދެމެހެެއްޓެނިވި ގޮތުގައި ރައްޔިތުންނަށް ދޭން ފެށުމުން މަޑުއްވަރީ ރައްޔިތުންނަށް ދިމާވެފައިވާ ތައައްޔަރުވެފައިވާ ލޮނު ފެން ބޭނުންކުރުމުގެ މައްސަލަ ހައްލުވާނެ ކަމަށް ފެނަކައިން ބުންޏެވެ.

ދަރަވަންދު ފެނުގެ ނިޒާމް ހިންގާނީ އިޔާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެންނެވެ. މި ނިޒާމު ބަލަހައްޓާނީ ފެނަކަ އިންނެވެ.

ފެން އުފެއްދުމުގެ ހަރަދު ކުޑަކޮށް ތިމާވެއްޓާއި ރައްޓެހި ގޮތަށް ދެމެހެއްޓެނިވި ހިދުމަތެއް ދިނުމުގެ ގޮތުން ފެނަކައިން ވަނީ 25 ކިލޯވޮޓުގެ ގެ ސޯލާ ފެނަލްވަނީ ގާއިމްކޮށްފައެވެ.

މި މަޝްރޫއުގެ ދަށުން 55 ޓަނުގެ ދެ ޑީސެލިނޭޝަން ޕްލާންޓް ބަހައްޓައި ފެން ރައްކާކުރުމަށް 400 ޓަނުގެ ތާންގީ ވަނީ ބަހައްޓާފައެވެ. މަޑުއްވަރީގައި ގާއިމުކުރި ޕްލާންޓް މެދުވެރިކޮށް ދުވާލަކު 110 ކިއުބިކް މީޓަރުގެ ފެން އުފައްދާނެއެވެ.

މިއީ 33.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.