ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިދުމަތްތަކަށް އަނެއްކާވެސް ބުރޫ އަރަން ފަށައިފި އެވެ.

މިއަދު އެންމެ ފުރަތަމަ ރައްޔިތުންގެ ބޭންކް ބީއެމްއެލްގެ ޚިދުމަތްތަކަށް ބުރޫ އަރަން ފަށާފައިވަނީ ހެނދުނު 8:11 އިން ފެށިގެންނެވެ. މިއަދުގެ މިހާތަނަށް އެކިފަހަރު މަތިން 15 ވަރަކަށް ފަހު ޚިދުމަތް ކެނޑި ފައިވެއެވެ.

Ad
rt

މިފަހަރު ރޯދަ މަހާ ދިމާކޮށް ހިދުމަތްތަކަަށް ބުރޫ އެރުމުގެ ސަބަބުން ގިނަ ކަސްޓަމަރުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން، މި މަހު ލިބޭ ރޯދަ އިނާޔަތް ބޭނުން ނުކުރެވި ތިބެން ޖެހޭ ކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ގިނަ މީހުންނަށް ރޯދަ އިނާޔަތް ލިބުނީ އިއްޔެއެވެ. ރޯދަޔަށް ތިން ދުވަހަށް ވެފައިވާއިރު ގިނަ ބަޔަކު އެއިން ވިޔަފާރި ކުރާނީ މި ތިން ދުވަހުއެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުގެ ހިދުމަތްތަކަށް ބުރޫ އެރީ ސާވިސް ޕްރޮވައިޑާގެ މައްސަލައެއްގެ ސަބަބުން ކަމަށެވެ.

އެ ބޭންކުގެ ހިދުމަތް އެކި ސަބަބުތަކާހުރެ ވަރަށް ގިނައިން މެދުކެނޑެއެވެ. އެއްބައި ފަހަރު ސާވިސް ޕްރޮވައިޑާގެ ސަބަބުން މެދުކެނޑޭއިރު އަނެއްބައި ފަހަރު ސިސްޓަމަށް ދިމާވާ މައްސަލެއް ނުވަތަ މެއިންޓަނެންސްގެ ސަބަބުންވެސް ހިދުމަތް މެދުކެނޑެއެވެ.