ހިޔާ ފްލެޓްތަކުގެ އެއްމެދު ފްލެޓްތަކުން އުކާލާ ގާކުންޏާއި އެފަދަ އެހެނިހެން ކުނިތައް އުކުން ހުއްޓާލަން އެޗްޑީސީ އިން ނިންމައިފިއެވެ.
އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ ހިޔާ ފްލެޓްތަކުގައި މަސައްކަތް ކުރަމުންގެންދާ ފްލެޓުތަކުގައި އުފެދޭ ގާކުނި އަދި އެފަދަ އެހެނިހެން ކުނި އުކާލަދޭނީ މިމަހުގެ ނިޔަލަށް ކަމަށެވެ.
މީގެ އިތުރުން މިހާރު ކުނި ޖަމާކުރަން ކަނޑައަޅާފައިވާ ތަންތަނަށް އަންނަ މަހުން ފެށިގެން ކުނި އެޅުމަކީ މަނާކަމެއް ކަމަށާއި އެޗްޑީސީން ކުނި އުކާލަދިނުން ހުއްޓާލުމުން އެފަދަ ކުނި އުކާލަން ޖެހޭނީ އެ ފްލެޓެއްގެ ވެރިފަރާތުން، ކުނި އުކާލުމަށް ހާއްސަވެފައިވާ މުއައްސަސާތަކާ ގުޅިގެން ކަމަށް ވެސް އެޗްޑީސީ އިން ބުންޏެވެ.
ފްލެޓްތަކުގައި ދިރިއުޅޭ މީހުން އެ ކަމަށް ސަމާލުވުމަށާއި ފްލެޓް ތަކުގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުން މި މަހުގެ ނިޔަލަށް އެޗްޑީސީން ކަނޑައަޅާފައި ހުރި ސަރަހައްދުތަކަށް ކުނި ޖަމާކުރަމުން ގެންދިއުމަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި 7000 ފްލެޓް އަޅާފައިވާއިރު 3000އަށްވުރެ ގިނަ އާއިލާ ވަނީބއެ ސަރަހައްދަށް ބަދަލުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!