އެމްޕީއެލްގެ އިސްވެރިންނަށް ހާއްސަކޮށް ވޯކްޝޮޕެއް ބާއްވައިފިއެވެ.
"ނެކްސްޓް ޖެނެރޭޝަން ޕާފޯމެންސް މެނޭޖްމެންމެންޓް"ގެ ނަމުގައި އިއްޔެ ފެށި މި ވޯކްޝޮޕްގައި އެ ކުންފުނީގެ އިސް ވެރިންނަށް މެނޭޖްމެންޓުގެ މުހިންމު މައުލޫމާތު ފޯރުކޮށް ދޭނެއެވެ. އެ ޕްރޮގްރާމުގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޕްރޮގްރާމް ކުރިއަށްދަނީ ކްރޮސްރޯޑްސްގައެވެ.
މި ޕްރޮގްރާމުގައި ޕާފޯމެންސް މެނޭޖްމެންޓާއި މުވައްޒަފުން ވަޒީފާ އަށް ނެގުމުގައި އިސްކަން ދޭނެ ކަންކަމާއި މުވައްޒަފުން ބާރުވެރިކޮށް، މަސައްކަތް ކުރުމުގައި އެންމެ ރަނގަޅު ގޮތްތައް ގެނައުމުގައި ކަންކަން ކުރާނެ ގޮތްތައް ވަނީ ކިޔައިދީފައެވެ.
އެމްޕީއެލް އިން ބުނީ އެ ކުންފުނީގެ އިސް މަގާމުތަކުގައި ތިބި މީހުންނަށް މިފަދަ ވޯކްޝޮޕެއް ހިންގަނީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް މުވައްޒަފުންގެ މަސައްކަތްތައއ ރަނގަޅު ކުރުމުގެ ބޭނުމުގައި ކަމަށެވެ.
މި ވޯކްޝޮޕް ކުރިއަށް ގެންދަނީ އޮފީސްތައް ހިންގުމުގެ ތަޖުރިބާކާރު ރޮބާޓް މޮސްލީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!