ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ އަންހެން މުވައްޒަފުން ނަމާދުކުރަން ހާއްސަ ތަނެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.
އެ ކުންފުނީގެ އަންހެން މުވައްޒަފުން ނަމާދު ކުރަން ހާއްސަ ތަނަކަށް އެދުނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ މި މަހު ހަވާލުވި އަހުމަދު ޝަރީފް އަލަށް މުވައްޒަފުންނާ ބައްދަލުކުރެއްވުމުންނެވެ. އޭނާ މަގާމަށް އައްޔަން ކުރީ މި މަހުގެ 1 ވަނަ ދުވަހުއެވެ. އަދި މުވައްޒަފުންނާ ބައްދަލު ކުރީ 2 ވަނަ ދުވަހުއެވެ.
މުވައްޒަފުންގެ ޝަކުވާތައް އަޑުއެއްސެވުމަށްފަހު ޝަރީފް ވަނީ ވީހާވެސް އަވަހަަށް މަސައްކަތް ފަށާނެ ކަމަަށް ވިދާޅުވި އެވެ. އެކަމަށް އެދުނުތާ ތިން ދުވަހުތެ ތެރޭގައި މަސައްކަތް ވަނީ ފަށާފައެވެ.
މުވައްޒަފުންނާއެކު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި އަންހެން މުވައްޒަފުންނަށް ހާއްސަކޮށްފައިވާ ނަމާދުކުރާނެ ތަނެއް ނެތުމުން އެފަދަ ތަނެއް ގާއިމް ކޮށްދިނުމަށް މެނޭޖިންގ ޑިރެކްޓަރ @ShareefRangondi ވެވަޑައިގެންނެވި ވައުދާއެއްގޮތަށް ނަމާދު ކުރާނެތަން ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ pic.twitter.com/YmZVs2sqmP
— STELCO (@STELCOMALDIVES) March 6, 2022
މުވައްޒަފުންނާ ބައްދަލުކުރައްވައި ޝަރީފް ވަނީ މަސައްކަތަށް ފަރުވާތެރިވުމަށާއި ސްޓެލްކޯއަކީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރާ ކުންފުންޏަކަށް ހެދުމަށް މަސައްކަތްކޮށްދިނުމަށް މުވައްޒަފުންގެ އަރިހުން އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!