ދިވެހިރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ( އެމްއެމްއޭ) އިން އިސްނަގައިގެން"ނެޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ" އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.
މި ސްޓްރެޓެޖީ އެކުލަވާލުމަށް ބޭނުންވާ މުހިންމު މައުލޫމާތު ހޯދުމަށް އެ އިދާރާއިންވަނީ ގައުމީ ފެންވަރުގެ ސާވޭއެއް ކުރިއަށް ގެންދަން ނިންމާފައެވެ. މި ސާވޭ ކުރިއަށްދާނީ އަންނަ މަހުގެ ނިޔަލަށެވެ.
މި ސާވޭއަކީ ރާއްޖޭގައި މާލީ ބައިވެރިވުން އޮތް މިންވަރު ދެނެގަނެ، މާލީ ޚިދުމަތްތައް ހޯދާ ފަރާތްތަކުން މާލީ ކަންކަމާ ގުޅޭގޮތުން ހޭލުންތެރިކަން ހުރި މިންވަރު ބެލުމަށް ހިންގާ ސާވޭ އެކެވެ. އަދި ރާއްޖޭގެ މާލީ ބައިވެރިވުމާ ގުޅޭ ސިޔާސަތުތައް އެކަށައަޅައި އެއާ ގުޅޭ މަގުސަދުތައް ހާސިލުކުރުމަށް ހުރި ފުރުސަތުތަކާއި ގޮންޖެހުންތައް ހޯދުމަކީވެސް މި ސާވޭގެ ބޭނުމެކެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި މާލެ ސަރަހައްދު ހިމެނޭގޮތަށް ރެންޑަމްކޮށް ހޮވާލެވޭ 63 ރަށެއްގައި މިސާވޭ ކުރިއަށް ގެންދާނެއެވެ. މި ރަަށްތަކުގެ ތެރެއިން، ޖުމްލަ 1500 މީހުން ސާވޭގައި ބައިވެރިކުރާނެއެވެ. ސާވޭގެ ބައިވެރިންގެ ތެރެއިން 10 މީހަކަށް މިނިވަން 50 ގެ ނޫޓު ލިބޭނެއެވެ. އެއީ 5000ރ. ނޫޓެކެވެ.
މިސާވޭގެ މަސައްކަތް ކުރިއަށްގެންދާނީ އެފްޖޭއެސް ކޮންސަލްޓިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!