ރަޝިއާގެ އެއާލައިންތަކަށް ދަތުރު ނުކުރެވޭ ގޮތަށް ޔޫރަޕުގެ ގައުމުތަކާއި ކެނެޑާއިން ވައިގެ ސަރައްދު ބަންދު ކޮށްފިއެވެ.
މިއީ ޔޫކްރޭނަށް ރަޝިއާއިން މިހާރު ދެމުން އަންނަ ހަމަލާތައް ހުއްޓާލަން އަންގައި އަޅާފައިވާ ފިޔަވަޅެކެވެ. މިއާއެކު ޔޫރަޕުގެ ގައުމުތަކާއި ކެނެޑާ ސަރައްދުން ރަޝިއާގެ އެއާލައިންތަކަށް ދަތުރުކުރުން މަނާވާނެއެވެ.
ރަޝިޔާ ސަރުކާރުގެ މަތިންދާބޯޓުތަކާއި ރަޝިޔާގައި ރަޖިސްޓްރީކޮށްފައިވާ މަތިންދާބޯޓުތަކުގެ އިތުރުން، ރަޝިޔާ އިން ކޮންޓްރޯލްކުރާ މަތިންދާބޯޓުތަކަށް ވެސް، އެ ވައިގެ ސަރަހައްދުތައް ބަންދު ވާނެއެވެ.
ޔޫރަޕާއި ކެނެޑާގެ އިތުރުންވެސަ އެހެން ބައެއް ގައުމުތަކުން ވަނީ އެ ގައުމުތަކުގެ ވައިގެ ސަރަހައްދަށް ރަޝިޔާގެ މަތިންދާބޯޓުތަކަށް ބަންދު ކޮށްފައެވެ. ޖަރުމަން ވިލާތުން ވަނީ، ކުރިއަށް އޮތް ތިން މަސްދުވަސް، ރަޝިޔާގެ އެއްވެސް މަތިންދާބޯޓެއް ޖަރުމަނުގެ ވައިގެ ސަރަހައްދަށް ނުވެއްދުމަށް ނިންމައިފައެވެ. އިނގިރޭސި ވިލާތުން ވެސް ވަނީ އެ ގައުމުގެ ވައިގެ ސަރަހައްދަށް ރަޝިޔާގެ މަތިންދާބޯޓުތައް ވަނުން މަނާކޮށްފައެވެ.
އެމެރިކާއިން ވެސް އަންނަނީ މި ފިޔަވަޅު އަޅަން ތައްޔާރުވަމުންނެވެ. ނަމަވެސް އަދި ފިޔަވަޅެއް ނާޅައެވެ. އެއީ އެ ގައުމުގައި ތިބި މީހުންނަށް ގައުމު ދޫކޮށް ދިއުމުގެ ފުރުސަތު ދޭން ކަމަށް އެމެރިކާއިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!