ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ދިވެހި އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބިޒްނަސް ސެންޓަ ކޯޕަރޭޝަނުން ހުޅުވާލި މި ފުރުސަތުގެ ދަށުން މި ތަކެތި ވިއްކާނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ހުޅުވާ އޮތެންޓިކް މޯލްޑިވްސް ފިހާރައިގައެވެ. މިއީ އައްޑޫގައި ހުޅުވާ މި ބްރޭންޑުގެ ފުރަތަމަ ފިހާރައެވެ.
ބީސީސީން އޮތެންޓިކް މޯލްޑިވްސް ހުޅުވީ ދިވެހި އަމިއްލަ އުފެއްދުންތައް މާކެޓުކޮށް ވިއްކުމުގެ ފުރުސަތު ހުޅުވާލުމަށެވެ. މި ފިހާރަ ހުޅުވަން ނިންމާފައިވަނީ ގަން އެއާޕޯޓުގެ ޑިޕާޗަ ޓާމިނަލުގައެވެ.
އޮތެންޓިކް މޯލްޑިވްސްގެ ފިހާރައިގަ ތަކެތި ވިއްކަން ބޭނުންވާ މީހުންނަށް އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް އެކަމަށް އެދުމުގެ ފުރުސަތު ލިބޭނެއެވެ. އެޕްލިކޭޝަން ފޯމް އީމެއިލް މެދުވެރިކޮށް ހުށެހެޅޭނެ ކަމަށް ބިޒްނަސް ސެންޓަ ކޯޕަރޭޝަނުން ބުންޏެވެ.
އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި މާލެ އަދި ހުޅުމާލޭގައިވެސް ވަނީ ހުޅުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!