މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް މުޙައްމަދު ނަޡްމީ އައްޔަން ކުރައްވައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިމަގާމަށް މުޙައްމަދު ނަޡްމީ އައްޔަން ކޮށްފައިވަނީ މިއަދު އެވެ.
މިމަގާމަށް މުޙައްމަދު ނަޡްމީ އައްޔަން ކޮށްފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ މާއްދާގެ (ޅ) އިން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރެއްވުމަށްޓަކައި މަގާމުތަކަށް މީހުން ޢައްޔަންކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.
މި މަގާމަށް ޢައްޔަންކުރައްވައިފި ކަމުގެ ލިއުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ވަނީ ފޮނުވާފަ އެވެ.
މުޙައްމަދު ނަޡްމީ އަކީ ކެލާ ދާއިރާގެ އެމްޑީޕީގައި އިސްކޮން ހަރަކާތްތެރިވާ ޒުވާނެކެވެ. ނަޡްމީ އަކީ ހއ. ފިއްލަދޫ ޒުވާނެކެވެ.
މީގެ ތިން މަސްދުވަސް ކުރިން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމަށް ކެލާ ދާއިރާގެ އަދާލަތު ޕާޓީގެ ޠޫބާ ރަޝީދުވެސް ވަނީ އައްޔަނުކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!