ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފިއެވެ.
މި މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ 52 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިންމާލައިފިއެވެ.
މި މަޝްރޫއުގެ ދަށުން ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ އެންމެ ފަހު ޝިޕްމަންޓް މިއަދު ޕްރޮޖެކްޓް ސައިޓަށް ވަބީ ގެންގޮސްފައެވެ.
މި މަޝްރޫއުގެ ދަށުން، 270 މީޓަރުގެ ބޭރުތޮއްޓަކާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން ލެވޭ ހިލަފައިކަށިތައް ލުމާއި، 12،000 ކޮޑިމީޓަރުގެ ވެލި، ގިރާފައިވާ ސަރަހައްދަށް އަޅާނެއެވެ.
މިއީ 16.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!