މޯލްޑިވިއަންގެ މޯބައިލް އެޕްލިކޭޝަން ނުވަތަ އޮންލައިންކޮށް ޓިކެޓް ނަގައިގެން ހިލޭ ދެ ޓިކެޓް ހޯދޭ ޕްރޮމޯޝަނެއް އެ އެއާލައިނުން ފަށައިފިއެވެ.

މި ޕްރޮމޯޝަނުގެ ދަށުން އޮންލައިންކޮށް ޓިކެޓް ގަނެގެން ޑާކާ އާއި ކޮޗިން ނުވަތަ ޓްރިވެންޑްރަމަށް ދިއުމަށް ހިލޭ ދެ ރިޓާން ޓިކެޓް ލިބުމުގެ ފުރުސަތު އޮންނާނެއެވެ. އެގޮތުން ޓިކްޓް ނަގާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފްތާއަކު ނަސީބުވެރިއަކު ހޮވާނެއެވެ.

Ad
rt

މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ ނިޔަލަަށެވެ.

މޯލްޑިވިއަނުން އެ އެއާލައިންގެ މޯބައިލް އެޕްލިކޭޝަން ތައާރަފު ކުރީ 2020 ވަނަ އަހަރުއެވެ.

މޯލްޑިވިއަނުން ރާއްޖޭގެ 16 މަންޒިލަކަށާއި ބައިނަލްއަގުވާމީ ބައެއް މަންޒިލްތަކަށް ވެސް ދަތުރު ކުރެއެވެ. އެ އެއާލައިނުން ދާދި ފަހުން ވަނީ ދުނިޔޭގެ އެންމެ ބޮޑު އެއް އެއާލައިން ކަމަށްވާ އެމިރޭޓްސްއާ
ގުޅިގެން މަސައްކަތް ކުރުނަށް އެމްއޯޔޫއެއްގައި ވެސް ސޮއި ކޮށްފައެވެ.