ރެކޯޑެއް ހެދުމަށް ބާއްވާ، ނޭވާ 2 ގެ ކޯ ސްޕޮންސަރަކަަށް އެސްޓީއޯ ހަމަޖައްސައިފިއެވެ.
މިއީ ރާއްޖޭގެ ފުރަތަމަ ލޯކަލް ޑައިވިންސްކޫލް ކަމަށްވާ ފްރީ ޑައިވް މޯލްޑިވްސްއިން, މޫދު އަޑީގައި ނޭވާ ހިފެހެއްޓުމުގެ ދުނިޔޭގެ ރެކޯޑެއް ހެދުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ. އެގޮތުން، އެންމެ ގިނަ މީހުން އެއްފަހަރާ ސްޓެޓިކް އެޕްނިއާގެ ރެކޯޑެއް ހެދުމަށް މި ހަރަކާތުގައި މަސައްކަތް ކުރާނެއެވެ.
ސްޓެޓިކް އެޕްނިއާއަކީ ނުފީނާ، މޫދު އަޑީގައި ނޭވާ ހިފަހައްޓައިގެން އޮންނަ އުކުޅަށް ކިޔާ ނަމެވެ. އެ ހަރަކާތުގެ ބައިވެރިން މޫދުގައި ނޭވާ ނުލައި ދެ މިނެޓު ހޭދަ ކުރާނެއެވެ.
2019 ގައިވެސް ފްރީ ޑައިވް މޯލްޑިވްސް އިން ވަނީ ރެކޯޑެއް ހަދައިފައެވެ. އެފަހަރު ހެދީ އެންމެ ގިނަ މީހުން އެއްފަހަރާ ޑައިވް ކުރުމުގެ ރެކޯޑެވެ.
މި ހަރަކާތް ކުރިއަށްގެންދަނީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމާ ވެސް ގުޅުވައިގެންނެވެ. މި ހަރަކާތަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!