އައްޑޫ ސިޓީ ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ނިމެން ކައިރިވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި ހުޅިދޫގެ ކުރީގެ ބަނދަރުގެ ހިއްކަން ޖެހޭ ބައި މިހާރު ވަނީ ހިއްކާފައެވެ. މިތަން ހިއްކީ ހުޅުމީދޫ މިފްކޯ ބަނދަރު ތަަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން ނަގާފައިވާ ވެލިންނެވެ.
މި މަޝްރޫއުގެ ދަށުން އާ ހާބަ ބޭސިން ފުންކުރުމުގެ 75 އިންސައްތަ މަސައްކަތް ނިމިފައިވާއިރު އާ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމުގެ 67 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.
ސ.ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ނެގިފައިވާ ވެލިން ސ.ހުޅުދޫގެ ކުރީގެ ބަނދަރުން ހިއްކުމަށް ހަމަޖެހިފައިވާ ބިން ވަނީ މިހާރު ހިއްކާ ނިމިފައެވެ. އަދި އައު ހާބަރ ބޭސިން އާއި އައު ނެރު ފުންކުރުމުގެ %75 އަދި %67 މަސައްކަތްވެސް ވަނީ ފުރިހަމަކުރެވިފައެވެ. pic.twitter.com/flJHy18YXx
— MTCC Plc (@MTCCPlc) February 6, 2022
އެމްޓީސީސީން އަންނަނީ އައްޑޫގައި ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!