ސައުދީ އަރަބިއްޔާގެ 6 ސިޓީއަކަށް ފާއިތުވި 30 އަހަރު ފިނި ނުވާ ވަރަށް ފިނި މޫސުމާއި ކުރިމަތިލާން ޖެހިއްޖެއެވެ.

ސައުދީ އަރަބިއްޔާއަށް ފިނި މޫސުން ފެށިފައިވާއިރު، ފާއިތުވެދިޔަ އަހަރުތަކުގައި ފިނިވެފައިވާ މިންވަރަށް ވުރެ އެތައް ގުނަ އެއް އިތުރުވެފައިވާކަމަށް އެގައުމުގެ ނޭޝަނަލް ސެންޓާ ފޯ މީޓިއޮރޮލޮޖީ ވަނީ ރިޕޯޓްކޮށްފައެވެ. މޫސުމާއި ބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ވެރިރަށް ރިޔާދުގައި ފިނި މިން އެންމެ މައްޗަށް ގޮސްފައިވާކަމަށް ރެކޯޑުކުރެވިފައިވަނީ މައިނަސް 3 ޑިގްރީއަށްކަމަށް ހާމަކޮށްފައިވެއެވެ.

Ad
rt

ސައުދީގެ އެންމެ އުތުރުގައި އޮންނަ ތުރާއިފްގެ ފިނި މިން 6 ޑިގްރީގައި ހުރި އިރު، ޖޯޑަންގެ ފިނި މިން ވަނީ މައިނަސް 3 ޑިގްރީއަށް ވެއްޓިފައެވެ. އަދި ޖޯޑަން އާއި ކުރައްޔަތުގެ ބޯޑަރު ހިމެނޭ ސަރަޚައްދުގެ ފިނި މިން ވަނީ މައިނަސް 2 ޑިގްރީއަށް ވެއްޓިފައެވެ. މި ސަރަޚައްދުތަކުގެ ފިނި މިން މައްޗަށް ގޮސްފައިވަނީ މިހާރު ސައުދީ އަރަބިއްޔާގެ އުތުރުގެ ރީޖަންތަކަށް އާދަޔާ ޚީލާފަށް ފިނިވަމުން ދާ ދިއުމާއި ގުޅިގެންކަމަށްވެސް މޫސުމާއި ބެހޭ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

މޫސުމާއި ބެހޭ އިދާރާގެ ތަރުޖަމާން ހުސައިން އަލް ގަޙްތާނީ ހާމަކޮށްފައިވާ ގޮތުގައި މި ހަފްތާގެ ތެރޭގައި ސައުދީގެ އުތުރަށާއި މެދު ތެރޭގައި ހިމެނޭ ރީޖަންތަކުގެ ފިނި މިން ވަރަށް ބޮޑަށް މައްޗަށް ދާނެކަމަށާއި ރިޔާދުގެ ފިނި މިން ގާތްގަނޑަކަށް 1 ޑިގްރީއާއި 3 ޑިގްރީއަށް ދަށަށް ގޮސް ޒީރޯ ޑިގްރީއަށް އެރުމުގެ ފުރުސަތު އެބަ އޮތްކަމަށްވެސް ލަފާކުރެވޭކަމަށް ހާމަކޮށްފައިވެއެވެ.

މޫސުމާއި ބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ރިޔާދުގައި މެންދުރު ވަގުތުގައިވެސް ފިނި މިން 8 ޑިގްރީގައި ހުރި ނަމަވެސް، ހުކުރު ދުވަހު މިސްކިތްތަކަށް ގޮސްފައިވާ މީހުންގެ އަދަދު ދަށްވެފައި ނުވާކަމަށާއި، ނަމަވެސް ކެފޭ ތަކުގެ ބޭރުގައި ތިބޭ މީހުންގެ އަދަދު ދަށްވެފައިވާކަން ފާހަގަކޮށްފައިވެއެވެ.