ފަސޭހަ ސުވާލަކަށް ޖަވާބު ދީގެން އުރީދޫގެ "މަގޭ ރާއްޖެ" ކަލަންޑަރެއް ލިބޭނެ ފުރުސަތު އުރީދޫއިން ހުޅުވާލައިފިއެވެ.

އެ ކުންފުނިން ޓްވިޓާގައި ހުޅުވާލި މި ފުރުސަތުގެ ދަށުން ޖަވާބު ދިމާ ކުރަން ޖެހޭނީ ފެހުރިހީގެ ކާނާއަކީ ކޯއްޗެއްކަމެވެ.

Ad
rt

މި ޕްރޮމޯޝަން ކުރިޔަށް ދާނީ ފޭސްބުކް އަދި ޓްވިޓާގަ އެވެ. މި ފުރުސަތުގައި ހުޅުވާލާފައިވަނީ ޖެނުއަރީ، 27 ވަނަ ދުވަހުގެ ރޭގަނޑު 11:59 އާ ހަމައަށެވެ.

ކަލަންޑަރު ބޭނުންވާ ނަމަ، ދީފައިވާ ތިން އޮޕްޝަނުގެ ތެރެއިން ފެހުރިހީގެ ކާނާއަކީ ކޮބައިކަން OMMageyRaajje2022# ހޭޝްޓެގާ އެކު ރިޕްލަޔި ނޫނީ ކޮމެންޓު ކުރަން ޖެހޭނެއެވެ.

އުރީދޫގެ މަގޭ ރާއްޖެ ކަލަންޑަރަކީ ދިވެހި ކަނޑުތަކުގެ ތަފާތު ދިރުންތައް ދައްކުވައިދޭ ކަލަންޑަރެކެވެ. މި ކަލަންޑަރުގައި ހުންނަ ސްނެޕް ކޯޑް ސްކޭން ކޮށްލައިގެން އޯގްމެންޓަޑް ރިއާލިޓީން މި ދިރުންތައް ބަލާލެވޭނެއެވެ.

މި ކަލަންޑަރުގެ ޖެނުއަރީ މަސް ހާއްސަ ވަނީ ފެހުރިއްސަށެވެ.