އިއާދަ ކުރަނިވި ހަކަތައިގެ ބޮޑު ޕްރޮޖެކްޓެއް އައްޑޫ ސިޓީގައި ހިންގަން ފެނަކަ ކޯޕަރޭޝަނުން ތައްޔާރުވެއްޖެއެވެ.
މިއީ މާލޭ ސަރަހައްދު ފިޔަވައި ރާއްޖޭގެ ސަރަހައްދެއްގައި ޕީޕީއޭއެއްގެ ދަށުން މިހާތަނަށް ގާއިމްކުރެވޭ އެންމެ ބޮޑު އިއ/ދަކުރަނިވި ހަކަތައިގެ މަޝްރޫއެވެ.
މި މަޝްރޫއުގެ ދަށުން ސ.ހުޅުމީދޫގައި 2MWp ގެ ސޯލާ ޕީވީ ބެޓާރީ ސްޓޯރޭޖެއް ސިސްޓަމާއެކު ގާއިމް ކުރާނެއެވެ. އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި 2.5MWp ސޯލާ ޕީވީ ހަރުކުރާނެއެވެ. ފެނަކައިން ބޭނުންވަނީ ކުރިމަގުގައި ހުޅުމީދޫގައަ އިންސްޓޯލްކުރެވޭ ސޯލާ އިން އެ ރަށު ކައިރީގައިވާ ރިސޯޓްތަކަށް އިއާދަކުރަނިވި ހަކަތަ ފޯރުކޮށްދިނުމެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ބޭނުންވާ ކަރަންޓު ގެ 100 އިންސައްތަަ އެ ތަނުގައި ގާއިމްކުރާ ސޯލާރ ނިޒާމުން އުފައްދާނެއެވެ. މިއާއެކު، އެ އެއާޕޯޓު ވެގެންދާނީ އިއާދަކުރަނިވި ހަކަތައިން ކަރަންޓުދެވޭ ރާއްޖޭގެ ފުރަތަމަ އެއާޕޯޓަށެވެ.
މި މަޝްރޫއުގެ ސަބަބުން ކަރަންޓު އުފެއްދުމަށް ކުރާ ހޭދައިގެ ތެރެއިން އަހަރަކު ގާތްގަނޑަކަށް 2.1 މިލިޔަން ލީޓަރު ޑީސަލް އެންދުން މަދުކުރެވޭނެ ކަމަށް ފެނަކައިން ލަފާ ކުރެއެވެ. އަދި، ޖައްވަށް ބޭރުވާ ވިހަ ގޭހުގެ ތެރެއިން އަހަރަކު 5,500 ޓަނު ކާބަންޑައި އޮކްސައިޑް މަދުކުރެވޭނެ ކަމަށްވެސް ލަފާ ކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!