ގއ. ދާންދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ( އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 70.8 މިލިއަން ރުފިޔާއަށް، 485 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
މި މަޝްރޫއުގެ ދަށުން 81،404 ކިއުބިކް މީޓަރު ބަނދަރު ފުންކުރުމާއި 333 މީޓަރު ބޭރުތޮއްޓަކާއި 529 މީޓަރުގެ އެއްގަމު ތޮއްޓެއް ލުމާއި ރިވެޓްމަންޓް ޖެހުމާއި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ. އަދި ކޮންކުރީޓް ބްރިޖް އެޅުމާއި ކޮންކުރީޓް ޖެޓީ އެޅުމާއޮ ރޭމްޕަކާއި ޕޭވްމަންޓް ހެދުމުގެ މަސައްޖަތް ވެސް ހިމެނެއެވެ.
މީގެ އިތުރުން މަގުބައްތި ހަރުކުރުމާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!