ވިސާއާ ނުލައި އެންމެ ގިނަ ގައުމުތަކަށް ދަތުރުކުރެވޭ ލިސްޓު ނުވަތަ ޓްރެވަލް ފްރީޑަމް ލިސްޓުގައި ދިވެހި ޕާސްޕޯޓް ގުލޯބަލް ރޭންކިންގ ގައި 8 ދަރަޖައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް ހެންލީ ޕާސްޕޯޓް އިންޑެކްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ދެކުނު އޭޝިއާގެ އެއްވަނަ ޕާސްޕޯޓަކަށް އޮތީ ދިވެހި ޕާސްޕޯޓެވެ. މިއީ ޓްރެވަލް ފްރީޑަމް ލިސްޓުގެ އެއްވަނަ މަގާމު ދިވެހި ޕާސްޕޯޓަށް ވިދިވިދިގެން ލިބުނު ފަސްވަނަ އަހަރެވެ.

Ad
rt

ހެންލީ ޕާސްޕޯޓް އިންޑެކްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން އެންމެ ކުރީ ސަފުން އަބަދުވެސް ޖާގަ ހޯދަމުން އަންނަ ކުޑަ ޖަޒީރާ ދިވެހިރާއްޖެ މިފަހަރު މިވަނީ ކުރިން އޮތް ރޭންކަށްވުރެ 8 ދަރަޖަ ކުރިއެރުމެއްލިބި، ރޭންކިންގެ 58 ވަނައަށް ޖެހިލައިފައެވެ. ފާއިތުވި 2021 ވަނަ އަހަރު ރާއްޖެ އޮތީ 66 ވަނައިގަ އެއެވެ. 2020 ވަނަ އަހަރު ރާއްޖެ އޮތީ 59 ވަނައިގައެވެ.

ރަށްވެހިކަމާއި ވަޒަންވެރިވުމުގެ ކަންކަމުގައި ލަފާ ދޭ ބައިނަލްއަގްވާމީ ފާމެއް ކަމުގައި ވާ ހެންލޭ އެންޑް ޕާޓްނާސްގެ ފަރާތުން ކޮންމެ އަހަރަކު ހަތަރު ފަހަރު، ދުނިޔޭގެ އެކިއެކި ގައުމުތަކުގެ ޕާސްޕޯޓުތަކާ ބެހޭ ގޮތުން އާންމު ކުރާ ރިޕޯޓަކީ އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ)ގެ މައުލޫމާތަށް ބިނާކޮށް ނެރޭ ރިޕޯޓެކެވެ.

އެގޮތުން ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ޕާސްޕޯޓް ރޭންކިން ދަށްވެ، އުތުރު ކޮރެއާގެ ނަން ލިސްޓުގެ ކުރިއަށްޖެހިފައިވާކަމަށް ދައްކައެވެ. އޭޝީޔާގެ 8 ޤައުމެއް މިލިސްޓުގައި ފާއިތުވި 3 އަހަރު ޖައްސަ ޖައްސައިގެން އުތުރު ކޮރެއާއަށްވުރެން ކުރި ހޯދާފައިވާއިރު، މިދިޔަ އަހަރެކޭ އެއްގޮތަށް މިއަަހަރުގެ ހެންލީ ރިޕޯޓް ދައްކާގޮތުން ނޭޕާލްއާއި، ޕާކިސްތާން އަދި އަފްގާނިސްތާން ވަނީ އުތުރު ކޮރެއާއަށްވުރެން ރޭންކިންގައި ދަށަށް ޖެހިލާފައެވެ. އިންޑިއާ ވަނީ އެހެން ޤައުމުތަކާއި އަޅާ ބަލާއިރުވެސް ރޭންކިންގައި ކުރިއެރުމެއް ހޯދާފަ އެވެ. އެގޮތުން މިދިޔަ އަހަރު އިންޑިޔާއަށް 90 ލިބިފައިވާއިރު މިއަހަރު ލިބިފައިވަނީ 83 ކެވެ.

މިދިޔަ އަހަރު ރާއްޖޭގެ ޕާސްޕޯޓްއަށް އޮން އެރައިވަލް ވިސާ 85 ޤައުމަކުން ލިބުނު އިރު މި އަހަރު ވަނީ އިތުރު 3 ގައުމަކަށް އޮންއެރައިވަލް ވިސާ ހަމަޖެހި މިއަދަދު 88 ކަށް އިތުރުވެފަ އެވެ.

ރާއްޖެ އާއި އަވައްޓެރި ސްރީ ލަންކާއަށް ލިބިފައިވަނީ ރޭންކިންގގެ 102 ވަނަ އެވެ. ބަންގްލަދޭޝް އޮތީ ރޭންކިންގގެ 103 ވަނައިގައެވެ. ނޭޕާލް 105 ވަނައިގައި އޮތް އިރު، ޕާކިސްތާން އޮތީ 108 ވަނައިގައެވެ. އަދި އަފްގާނިސްތާން އޮތީ 111 ވަނައިގައި އެންމެ ފުލުގަ އެވެ.

ހެންލީ އިންޑެކްސްގެ ރޭންކިންގއަށް ބަލާއިރު އޭޝިޔާގެ އިރުމަތީގެ ޤައުމުތަކުގެ ތެރެއިން ޖަޕާން، ސިންގަޕޫރު ލިސްޓުގެ އެންމެ ކުރީގައި އޮތްއިރު، އެޤައުމުތަކުން ވިސާ ނުލައި 192 ޤައުމަކަށް އެޤައުމުތަކުގެ ޕާސްޕޯޓުގައި ދަތުރުކުރެވެއެވެ. އުތުރު ކޮރެއާ އާއި އެކު ޖަރުމަންވިލާތް ރޭންކިންގގެ ދެވަަނައިގަ އެވެ. އޭޝިޔާގެ ޤައުމުތަކުގެ އިތުރުން މިލިސްޓުގެ އެންމެ ކުރީގައި އުޅެނީ ހުޅަނގުގެ ޤައުމުތަކެވެ.

ދުނިޔޭގައި ނުފޫޒުގަދަ އެމެރިކާއާއި އިނގިރޭސިވިލާތް އޮތީ ލިސްޓުގެ 6 ވަނައިގައެވެ. ވިސާއާ ނުލައި އެމެރިކާއާއި އިނގިރޭސިވިލާތުގެ ރައްޔިތުންނަށް ވަދެވެނީ 186 ގައުމަށެވެ.

ރާއްޖޭގައި ކުރިން ބޭނުންކުރި އީ ޕާސްޕޯޓު އުވައިލުމަށްފަހު ސަލާމަތީ ގިނަ ސިފަތަކެއް ހިމެނޭ ބަޔޯމެޓްރިކް ޕާސްޕޯޓަކަށް ދިވެހި ޕާސްޕޯޓު ބަދަލުކުރީ 2016ވަނަ އަހަރުގަ އެވެ. މިހާރު ބޭނުންކުރަމުންދާ ޕާސްޕޯޓުގައި މީހާގެ ފިންގަޕްރިންޓާއި ބަޔޮލޮޖިކަލް އެހެން މައުލޫމާތު ހިމެނޭނެ އެވެ.