“ހޯމްސްޓޭ" ޓޫރިޒަމް ފުޅާ ކުރުމަށް ހިންގާ ވިޔަފާރިތަކަށް ފެނަކަ ކޯޕަރޭޝަނުން ލުއި ދޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ ހޯމްސްޓޭ ޓޫރިޒަމް ތައާރަފް ކުރުމަށް އިއްޔެ ދިއްގަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ. އޭނާ ވިދާޅުވީ ހޯމްސްޓޭ ތަންތައް ވަކިން ފެނަކައިގައި ރަޖިސްޓްރީ ކުރުމަށް ތިން މަހެއްްހާާ ދުވަސް ދެއްވާނެ ކަމަށެވެ. އަދި ހޯމްސްޓޭގެ ތަންތަނަށް ފެނާއި ކަރަންޓު ފަދަ ހިިދުމަތްތައް ދިނުމަށް ކުުރަަން ޖެހޭ ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

Ad
rt

ސައީދު ވިދާޅުވީ، ހިނގާ ހަަަރަދުގެ އަގަށް ބެލުމަށް ފަހު ތިން މަހާ ހަމަހާ އަދި އެއް އަހަަރާާ ހަަމައަށް ބަހާލައިގެން ފައިސާ ދެއްކޭ ގޮތަށް ވެސް ހަމަޖައްސައި ދޭން ވިސްނާކަމަށެވެ.

ހޯމްސްޓޭ ޓޫރިޒަމް ރާއްޖޭގައި އެންމެ ފުރަތަމަ ފެށީ ދިއްގަރުގައެވެ. އެ ރަށަށް އެންމެ ފުރަތަމަ ފަތުރުވެރިން އައީ އިއްޔެއެވެ.