ރާއްޖޭގެ 23 ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ހަވާލު ކޮށްފިއެވެ.

ސަރުކާރުން ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރަން މިއަދު ހަވާލު ކުރީ ށ. ބިލެތްފަހި، ށ. ނޫމަރާ، ނ. މަގޫދޫ، ބ. ކިހާދޫ، ބ.ދޮންފަނު، ބ. ފެހެންދޫ، ބ. ފުޅަދޫ، ބ. ކުޑަރަކިލު، ވ. ރަކީދޫ، ގއ. ދެއްވަދޫ، އދ. ދިއްދޫ، ގދ. ނަޑެއްލާ، ލ. ކުންނަހަންދޫ، މ. ނާލަފުށި، ލ. ހިތަދޫ އަދ މ. ރަތްމަންދޫގެއެވެ. އަދި ފެނުގެ ނިޒާމު ގާއިމުކުރުމަށް ހަވާލުކުރީ ނ. މިލަދޫ، ނ. ލަންދޫ، އދ. ފެންފުށި، ތ. ދިޔަމިގިލި، ކ. ތުލުސްދޫ، ތ. މަޑިފުށި އަދި އދ. އޮމަދޫގެއެވެ.

ޕްލޭނިން މިނިސްޓްރީން މި 23 ރަށުގެ

Ad
rt

ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ހަވާލު ކުރީ ފަސް ކުންފުންޏަކަށެވެ. އެއީ
ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ސްޓެލްކޯ އާއި މާކިޓެކް މޯލްޑިވިސް ޕްރިއިވެޓް ލިމިޓެޑާއި ޑުބްލެކްސް ޕްރައިވެޓް ލިމިޓެޑް އަދި ސާސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑެވެ.

ފެނަކައަށް 10 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލުކޮށްފައިވާއިރު ހަ ރަށެއްގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ވެސް ވަނީ ހަވާލުކޮށްފައެވެ. އެއީ ށ. ބިލެތްފަހި، ށ. ނޫމަރާ، ނ. މިލަދޫ، ނ. މަގޫދޫ، ނ. ލަންދޫ، ބ. ކުޑަރިކިލު، ބ. ކިހާދޫ، ބ. ދޮންފަނު، ބ. ފެހެންދޫ، ބ. ފުޅަދޫ އެވެ. ފެނުގެ ނިޒާމު ގާއިމުކުރުމަށް ފެނަކައާއި ހަވާލުކުރީ މ. ނާލާފުށި، މ. ރަތްމަންދޫ، ތ. ދިޔަމިގިލި، ތ. މަޑިފުށި، ލ. ކުންނަހަންދޫ އަދި އދ. ފެންފުށްޓެވެ.

ރަށެއްގެ ކުޑަބޮޑު މިނަށާއި، އާބާދީއަށް ބަލައި ކުރި ފަރަގެއް، ތަފާތެއް ނޯންނާނެ: ރައީސް

ސްޓެލްކޯއަށް ކ. ތުލުސްދޫގެ ފެނުގެ މަސައްކަތް ހަވާލުކުރި އިރު، މާކިޓެކް މޯލްޑިވިސް ޕްރައިވެޓް ލިމިޓެޑަށް ހަވާލުކުރީ ގއ. ދެއްވަދޫ އާއި ލ. ހިތަދޫގެ ފެނާއި ނަރުދަމާގެ މަސައްކަތާއި އދ. އޮމަދޫގައި ފެނުގެ ނިޒާމުގެ މަސައްކަތެވެ. އަދި ޑުބްލެކްސް ޕްރައިވެޓް ލިމިޓެޑަށް އދ. ދިއްދޫ އަދި ގދ. ނަޑެއްލާގައި ފެނާއި ނަރުދަމާގެ މަސައްކަތް ކޮށްފައިވާއިރު ސާސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ހަވާލުކުރީ ވ. ރަކީދޫގައި ފެނާއި ނަރުދަމާގެ މަސައްކަތެވެ.

މި މަޝްރޫއުތަކުގައި ސާވޭ ކުރުމާއި، ފެނާއި ނަރުދަމާ ނިޒާމު ފަރުމާ ކުރުމާއި، ފެނާއި ނަރުދަމާ ނިޒާމުގެ ވިއުގަ އެޅުމާއި، އާރްއޯ ޕްލާންޓާއި، ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި، ނަރުދަމާގެ ޕަމްޕް ސްޓޭޝަން ގާއިމުކުރުމާއި، ސީ އައުޓް ފޯލް އެޅުމުގެ އިތުރުން އިދާރީ އޮފީސް ގާއިމުކުރުން ހިމެނެއެވެ.

23 ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތަށް 920.6 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.